އަންމަ މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސްޓިއަރިންގ ކޮމިޓީތަކުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ ކޯލިޝަންގެ ސްޓިއަރިންގ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ކޯލިޝަންއަށް ނިސްބަތްވާ މެމްބަރުންނަށް، އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފައިވާކަމަށެވެ. ސްޓިއަރިންގ ކޮމިޓީގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމް ކޮންމެ ރަށެއްގެ ވަގުތީ އިންތިޚާބީ ކޮމިޓީންނާއި، ޕީޕީއެމްގެ ވެބްސައިޓުން އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އޮފީހުންނާއި، ހ. ހުރަފައިން ލިބިވަޑައިގަންނަވާނެ ކަމަށެވެ.

ސްޓިއަރިންގ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލެވޭ މަޤާމުތަކަކީ ޢާންމު މެމްބަރުން، އަންހެން މެމްބަރު، އުމުރުން 33 އަހަރު ނުވާ ޒުވާން މެމްބަރުންގެ މަގާމެވެ.

އިންތިހާބީ މަޤާމުތަކަށް ވާދަކުރަން ބޭނުންވާ ފަރާތްތަކުން ކުރިމަތި ލުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 30 ވަނަ ދުވަހުގެ 18:00 ކަމަށް އެ ކޯލިޝަނުން ބުނެފައި ވެއެވެ. ރަށްރަށުގައިނަމަ ވަގުތީ އިންތިޚާބީ ކޮމިޓީއަށް، މާލޭގެ އަވަށްތަކަށް ކުރިމަތިލާ މެމްބަރުން ހުޅުމާލެ، ވިލިމާލެ އަދި ދަފްތަރު ހިމެނޭގޮތުން، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އޮފީހަށް ފޯމް ހުށައެޅުއްވުމަށް އެކޯލިޝަނުން ވަނީ އެދިފައެވެ.

އިދިކޮޅު ކޯލިޝަންގެ އެތެރޭގެ އިންތިޚާބުގެ ރަށްތަކުގެ ސްޓިއަރިން ކޮމިޓީ އެކުލެވިގެންދާނީ ރަށްރަށުގެ އާބާދީތަކަށް ބަލައި 5 މެބަރުން ފެށިގެން 11 މެމްބަރުންނާއި ހަމަޔަށްކަމަށާއި، އިންތިޚާބްގެ މެމްބަރުން ކަނޑައެޅިގެންދާނީ އާބާދީގެ ނިސްބަތުން ކަމަށް އިންތިޚާބީ ކޮމިޓީން ވަނީ ހާމަކުރައްވަ އެވެ.

16 އޮކްޓޫބަރުގައި ބާއްވާ އިންތިޚާބަކީ ރަށްރަށުގެ ސްޓިއަރިން ކޮމިޓީތައް އެކުލަވާލުމަށް ބާއްވާ އިންތިޚާބަށްވާއިރު ސްޓިއަރިން ކޮމިޓީގެ ރައީސް އިންތިޚާބް ކުރުމަށްޓަކައި އިންތިޚާބްވި މެމްބަރުންގެ ތެރެއިން ކުރިމަތިލާ ބޭފުޅުންގެ މެދުގައި އާންމު މެމްބަރުންގެ ވޯޓެއް ނެގުމަށް ހަމަޖެހިފައިވާކަމަށްވެސް އެކޯލިޝަންގެ އިންތިޚާބީ ކޮމިޓީން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން