ކުޅުދުއްފުށީގެ ފަންނުވެރިންނާ ބައްދަލުވުމަކީ ވަރަށް ބޮޑު އުފަލެއް ލިބޭ ކަމެއް ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް، މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި މިއަދު ޙިއްސާ ކުރެއްވި މެސެޖެއްގައި މިނިސްޓަރ ސަޢީދު ވިދާޅުވީ އިއްޔެ، ކުޅުދުއްފުށި ސިޓީގެ ގިނަ ފަރާތްތަކާ ބައްދަލުވެ ޚިޔާލު ބަދަލުކޮށްލަން ފުރުސަތު ލިބުނު ކަމަށާއި، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން، އެސިޓީގެ ތަރައްޤީއަށް ރާވާފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ އިޤްތިޞާދީ ކަންކަމުގެ މަޢުލޫމާތުވެސް އެފަރާތްތަކާ ހިއްސާ ކޮށްފައިވާ ކަމަށެވެ.
މިނިސްޓަރ ސަޢީދު ވަނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން އިއްޔެ ކުޅުދުއްފުށި ސިޓީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މަޢުލޫމާތު ދިނުމުގެ ސެޝަންގައިވެސް ބައިވެރިވެވަޑައިގެންފައެވެ.
އެގޮތުން "ކުޅުދުއްފުށި ބިޒްނަސް ބްރީފް" ގެ ނަމުގައި އިއްޔެ ބޭއްވެވި މި ސެޝަންގައި، ވިޔަފާރި ރަޖިސްޓްރީކުރުމާއި، ކްރިއޭޓިވް އިކޮނޮމީގެ ފުރުޞަތުތަކާއި، ކުރިއަށް އޮތް އެމްއެސްއެމްއީ އެވޯޑްސްގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.
މީގެ އިތުރުން އެ ސިޓީގެ ވިޔަފާރިވެރިންނާއެކު ސުވާލާއި ޖަވާބު ސެޝަނެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ކުޅުދޫފުށީގައި ފަންނުވެރި އެކިމަސައްކަތްކުރާ ބައެއްފަރާތްތަކާއި، ވިޔާފާރީގެ އެކިކަންކަމުގައި އުޅުއްވާ ފަރާތްތަކާއިއެކު ބައްދަލުވެ ފުޅާދާއިރާއެއްގައި މަޝްވަރާކޮއްލަން ފުރުސަތު ފަހިވެގެންދިއުމަކީ ލިބުނުވަރަށްބޮޑު އުފަލެއް. އިއްޔެ، އެސިޓީގެ ގިނަފަރާތްތަކަކާއިއެކު ބައްދަލުވެ… pic.twitter.com/Rfz4BB3KvN
— Mohamed Saeed (@em_saeed) September 23, 2025
އެގޮތުން "ކުޅުދުއްފުށި ބިޒްނަސް ބްރީފް" ގެ ނަމުގައި އިއްޔެ ބޭއްވެވި މި ސެޝަންގައި، ވިޔަފާރި ރަޖިސްޓްރީކުރުމާއި، ކްރިއޭޓިވް އިކޮނޮމީގެ ފުރުޞަތުތަކާއި، ކުރިއަށް އޮތް އެމްއެސްއެމްއީ އެވޯޑްސްގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.
މީގެ އިތުރުން އެ ސިޓީގެ ވިޔަފާރިވެރިންނާއެކު ސުވާލާއި ޖަވާބު ސެޝަނެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ކިޔުންތެރިންގެ ހިޔާލު