ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީޙް ޖަމާލު
ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީޙް ޖަމާލު
ރައްޔިތުން ނިކަމެތި ވެއްޖެ ކަމަށާއި، އިޤްތިޞާދު ބޮކި ޖަހާފައިދަނީ އަޑިއަށް ކަމަށް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީޙް ޖަމާލު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙްގެ ދައުރުގައި ކޮމިއުނިކޭޝަން ވަޒީރުކަންވެސް ކުރެއްވި މަލީޙް ވިދާޅުވީ، ރަށްރަށް ތަރައްޤީނުވެ ރައްޔިތުން ނިކަމެތި ވެއްޖެ ކަމަށާއި، އިޤްތިޞާދު ބޮކި ޖަހާފައިދަނީ އަޑިއަށް ކަމަށެވެ.

އަދި ސަރުކާރުގރ ތެރޭގައި ކޮރަޕްޝަން އަށަގެންފައިވާ ކަމަށްވެސް މަލީޙް ތުހުމަތު ކުރަށްވާފައިވެއެވެ. އެކަންކަމަށް ޙައްލު އޮތީ މިވެރިކަން ބަދަލުވެގެން ކަމަށްވެސް މަލީޙް ވިދާޅުވިއެވެ.



މަލީޙް މިހެން ވިދާޅުވެފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތާއި މިއަހަރު މި މުއްދަތަށް ބަލާއިރު އިޤްތިޞާދު 2.5 ޕަސެންޓް ކުރިއަރާފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ވިދާޅުވެފައެވެ.

އިޤްތިޞާދަށް ކުރާ އަސަރުތަކާ ގުޅޭގޮތުން ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދުގައި ހަމައެކަނި ކޮންޓްރިބިއުޓްކުރާ ފެކްޓަރަކީ ރަށްރަށުގައި ހިންގާ ޢުމްރާނީ މަސައްކަތްތައް ނޫން ކަމަށެވެ. މީގެތެރޭގައި ޕްރައިވެޓް ސެކްޓަރގެ ވަރަށް ގިނަ މަސައްކަތްތައް ހިމެނޭ ކަމަށާއި، ޚާއްސަކޮށް ފަތުރުވެރިކަމުގެ ސިނާޢަތުގައި ބޮޑެތި އިންވެސްޓްމަންޓްތައް މިހާރުވެސް ކުރިއަށްދާކަން ސަޢީދު ވަނީ ފާހަގަކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު