ތ. ކިނބިދޫގައި އޭޓީއެމް ހިދުމަތް ފެއްޓެވުން، ފޮޓޯ: ރައީސް އޮފީސް
ތ. ކިނބިދޫގައި އޭޓީއެމް ހިދުމަތް ފެއްޓެވުން، ފޮޓޯ: ރައީސް އޮފީސް
ތ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ދޭން ފަށައިފިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ޚިދުމަތް ފެށުމުގެ މަޝްރޫޢުގެ ދަށުން ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ބަހައްޓާ ޚިދުމަތް ދޭން ފަށާފައިވަނީ، ރައީސް ތ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު 13 ރަށަކަށް ވަޑައިގެންނަވާއިރު އޭގެ ތެރެއިން މިހާތަނަށް އޭޓީއެމް ޚިދުމަތް ފެށިފައި ނުވާ 9 ރަށެއްގައި މިހާރު ޚިދުމަތް ދޭން ވަނީ ފަށާފައެވެ.

އެގޮތުން ތ. އަތޮޅުގައި އޭޓީއެމްގެ ހިދުމަތް ދޭން ފެށި ރަށްތަކުގެ ތެރޭގައި ހިމެނެނީ ތ. ބުރުނި، ތ. މަޑިފުށި، ތ. ވިލުފުށި، ތ. ކަނޑޫދޫ، ތ. ވަންދޫ، ތ. އޮމަދޫ، ތ. ކިނބިދޫ، ތ. ދިޔަމިގިލި އަދި ތ. ގާދިއްފުއްޓެވެ.

"މުޅި ރާއްޖޭގައި އޭޓީއެމް ޚިދުމަތް" ނަމުގައި ޚާއްސަ މަޝްރޫޢުއެއް ފަށާފައިވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހުއެވެ. މިމަޝްރޫޢުގެ ދަށުން މިހާތަނަށް ތ. އަތޮޅު ހިމެނޭހެން 14 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ޚިދުމަތް ވަނީ ފަށާފައެވެ.

މީގެ އިތުރުން ފަތުރުވެރިކަން ފުޅާވެފައިވާ ބައެއް ރަށްތަކުގައި ޑޮލަރު އޭޓީއެމް ބެހެއްޓުމުގެ މަސައްކަތްވެސް ބީއެމްއެލުން ދަނީ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު