އެމްޑީޕީން އީޔޫގެ އެމްބެސެޑަރުންނާ ބައްދަލުކޮށް ރާއްޖޭގެ ހާލަތާ ބެހޭގޮތުން މަޝްވަރާކޮށްފިއެވެ.
ބުރާސްފަތި ދުވަހު ކޮޅުނބުގައި ކުރިއަށްދިޔަ މި ބައްދަލުވުމާއި ބެހޭގޮތުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ އެމްޑީޕީން ރާއްޖެއާއި ގުޅުންހުރި ކަންކަމުގައި މަސައްކަތް ކުރައްވާ އީޔޫގެ އެމްބެސެޑަރުންނާއި ބައްދަލުކުރެއްވިކަމަށެވެ.
މިބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައި ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުންދާ ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހުގެ މަޢުލޫމާތު ހިއްސާކޮށްފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މިބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ މަޝްރަހު ސަލާމަތްކޮށް ޑިމޮކްރަސީ ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ އެހީތެރިކަމަށް އެމްޑީޕީިން ވަނީ އެދިފައެވެ.
މިބައްދަލުވުމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ އަރިހުގައި، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް އަދި އެމްޑީޕީގެ ފޮރިން ރިލޭޝަން ކޮމިޓީއިން ބައިވެރިވެފައިވެއެވެ.
މިބައްލުވުން ކުރިއަށްގެންގޮސްފައިވަނީ އެމްޑީޕީން އަންނަ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު ސަރުކާރަށް ދެކޮޅަށް ބާއްވަން ނިންމާފައިވާ "ލޫޓުވައިފި ލޫޓުވައިފި" ބޮޑު މުޒާހަރާގެ ތައްޔާރީތައް ބާރަށް ކުރިއަށްދަނިކޮށެވެ.

As President of the MDP, I was honoured to join Party Chairperson @faya_i and members of the Foreign Relations Committee this morning in Colombo for a meeting with EU Ambassadors accredited to the Maldives.
— Abdulla Shahid (@abdulla_shahid) September 25, 2025
We briefed them on the deteriorating political situation under… pic.twitter.com/lCNThhBZNh
މިބައްލުވުން ކުރިއަށްގެންގޮސްފައިވަނީ އެމްޑީޕީން އަންނަ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު ސަރުކާރަށް ދެކޮޅަށް ބާއްވަން ނިންމާފައިވާ "ލޫޓުވައިފި ލޫޓުވައިފި" ބޮޑު މުޒާހަރާގެ ތައްޔާރީތައް ބާރަށް ކުރިއަށްދަނިކޮށެވެ.
ކިޔުންތެރިންގެ ހިޔާލު