ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕުގެ މައްސަލައަކީ ބަހުސެއް، މަޝްވަރާއެއް އަދި ވަކާލާތެއްވެސް އޮންނަކަން ނޭނގުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ވައްޑެ މިހެން ވިދާޅުވެފައި މިވަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު ފެނަކައިން ކޮރަޕްޝަންގެ ގިނަ މުއާމަލާތުތަކެއް ކޮށްފައިވާކަން އޮޑިޓު ރިޕޯޓުން ހާމަވުމާ ގުޅިގެން، އެމްޑީޕީގެ "ލޫޓުވާލައިފި" މުޒާހަރާގައި ބައިވެރިވާތީ ޕީއެންސީ ޕީޖީ ގްފޫޕުގެ މެމްބަރުންގެ ފާޑުކިޔުންތައް އޭނާއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ވަނީ ކުރީ ސަރުކާރު ދުވަސްވަރު ސަރުކާރުގައި ހިންގަމުންދިޔަ ކޮރަޕްޝަންގެ އަމަލުތަކާ ދެކޮޅަށް މަޖިލީހުގައި ވައްޑެ ވަކާލާތުކުރާ ވީޑިއޯއެއް ހިއްސާކުރައްވާފައެވެ. އެ ޕޯސްޓުގައި އޭނާ ވިދާޅުވީ އެމްޑީޕީއިން ޤައުމު ދަރުވާލާ ލޫޓްވާލާފަ، ޤައުމު ފަނާކުރަނިވި ވެރިކަމެއްކޮށްފައިވާއިރު، މިއަދު ޤައުމު ލޫޓްވާލައިފިއޭ ކިޔައި ހަގީގަތުގައި ނިކުންނަށް ލަދުގަންނަން ޖެހޭނެ ކަމަށެވެ.
"އެމްޑީޕީގެ މިދިޔަ 5 އަހަރުގެ ވެރިކަމަށްވުރެ ޤައުމަށް ގެއްލުންދެނިވި ވެރިކަމެއް ދިވެހި ތާރީޚުގައި ވެސް ނެތް." އޭނާ ވަނީ ވިދާޅުވެފައެވެ.
މިކަމަށް ރައްދު ދެއްވަމުން ވައްޑޭ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގެ ދުވަސްވަދު އެއީ އޭނާގެ ޕާޓީ ކަމުގައިވީނަމަވެސް ބަސްބުނެ، ވަކާލާތުކޮށް، ސަރުކާރު ޖަވާބުދާފީ ކުރުވަން މަސައްކަތް ކުރެއްވި ކަމަށެވެ.
ނަމަވެސް ޕީއެންސީގެ ޕީޖީ ގްރޫޕުން އެފަދަ އެއްވެސް ކަމެއް ނުކުރާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
"ތިޔަ ޕާޓީގައި މައްސަލައަކީ ބަހުސެއް މަޝްވަރާއެއް ވަކާލާތެއް އޮންނަކަންވެސް ނޭނގޭތީ،" ވައްޑޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު