ފަލަސްތީނުގެ މައްސަލައަށް ކަނުލޮލަކުން ބޮޑެތި ޤައުމުތަކުން ބެލުމަކީ ޤަރުނުގެ ބޮޑުލަދު ކަމަށް ބުނެ ރާއްޖޭން އ.ދ މަޖިލީހުގައި އަޑުއުފުލައިފިއެވެ.
އ.ދ މަޖިލީހުގެ 80 ވަނަ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ތަޤުރީރު ކުރައްވަމުން ޚާރިޖީ ވަޒީރު ޑރ. ޢަބްދުالله ޚަލީލް ވިދާޅުވީ، ފަލަސްތީނުގައި ހިންގަމުންދާ ގަތުލްއާންމަށް ވާގިވެރިވެ އެހީތެރިކަން ފޯރުކޮށްދެމުންދަނީ، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ކަމަށް ދަޢުވާކުރާ އަދި އެނިޒާމު ޤާއިމުކުރި ޤައުމުތަކުން ކަމަށެވެ.
ހަމައެއާއެކު ފަލަސްތީނުގެ ރައްޔިތުންނާމެދު ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ގެންގުޅެމުންދާ ދެފުށްދެގޮތް ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ޑރ. ޚަލީލް ވިދާޅުވީ، ފަލަސްތީނުގެ މައްސަލައަށް ކަނުލޮލަކުން ބޮޑެތި ޤައުމުތަކުން ބެލުމަކީ ޤަރުނުގެ ބޮޑުލަދު ކަމަށެވެ.
"ފަލަސްތީނުގައި އިޒްރޭލުން ހިންގާ ނަސްލު ނައްތާލުމުގެ އަމަލުތަކަށް ވާގިދެނީ ބައިނަލްއަޤުވާމީ އިންސާފުގެ ނިޒާމު ބިނާކުރި ޤައުމުތަކުން. ޤަރުނުގެ އެންމެ ބޮޑު ލަދު، އެއީ ފަލަސްތީނުގައި ހިންގަމުންދާ ޤަތުލުޢާންމު ނުފެނި ތިބި ތިބުން." ވަޒީރު ޚަލީލް ވިދާޅުވިއެވެ.
މީގެއިތުރުން، ޚާރިޖީ ވަޒީރު ވަނީ، ފަލަސްޠީނުގެ މިނިވަން އަދި ސިޔާދަތީ ދައުލަތެއް ޤާއިމުކުރުމަށް ބާރުއަޅުއްވައި، އެކަމަށް ވަކާލާތު ކުރުންމަތީގައި ރާއްޖޭން ދެމިއޮތްކަން ހާމަކުރަށްވާފައެވެ.
މި މަސައްކަތުގައި ދިވެހިރާއްޖެއިން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހެން ޤައުމުތަކާއެކު ގުޅިގެން މަސައްކަތް ކުރަމުންދާއިރު، އދގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަދައްކަން ފެށުމާއެކު، ދިވެހި ވަފްދު، ވަނީ އ.ދ ގެ މައި މަރުކަޒުގެ ހޯލު ދޫކޮށް ނިކުމެފައެވެ.

ކިޔުންތެރިންގެ ހިޔާލު