ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓް ކާރޑް ލިމިޓް ބޮޑުކުރަން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރަށްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ވިދާޅުވީ ކްރެޑިޓް ކާޑުން މަހަކު ބޭނުންކުރެވޭ ޑޮލަރު ލިމިޓު ބޮޑު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ކްލެސިކް ކާޑުގެ ލިމިޓް 750 ޑޮލަރުން 1400 ޑޮލަރަށް ބޮޑުކުރަން ނިންމަވާފައިވާ ކަމަށެވެ.

ހަމައެއާއެކު، ގޯލްޑް ކާޑުގެ ލިމިޓް 750 ޑޮލަރުން 1500 ޑޮލަރަށް، އަދި ޕްލެޓިނަމް ކާޑުގެ ލިމިޓް 1500 ޑޮލަރުން 2000 ޑޮލަރަށް ބޮޑު ކުރެވިގެންދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދާދިފަހުން ރައީސް ވަނީ، އަންނަ ނޮވެންބަރު 11 އިން ފެށިގެން ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުން ފައިސާ ދެއްކޭ އަދަދު 1،000 ޑޮލަރަށް އިތުރުކުރަން ނިންމާފައިވާކަން އިއުލާނު ކުރަށްވާފައެވެ.

އޭގެއިތުރުން ހަމަ އެތާރީޚުން ފެށިގެން އެއަރލައިންތަކުން ޓިކެޓު ގަތުމަށާއި ރާއްޖޭން ބޭރުގައި ހޮޓަލަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭ އަދަދު 3000 ޑޮލަރަށް އިތުރުވެގެންދާނެ ކަމަށާއި، ބޭސްފަރުވާއަށް ހޮސްޕިޓަލަށް ދައްކަން ޖެހޭ ފައިސާ ބޭންކުގައި އެދުމުން ހޮސްޕިޓަލަށް ފައިސާ ދެއްކޭނެ ގޮތްވެސް ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

މި ސަރުކާރުން ޑޮލަރުގެ ސިޔާސަތަށް ގެނައި ބަދަލުތަކާއެކު ބޭސްފަރުވާއަށްދާ ފަރާތްތަކަށް ވިއްކާ ޑޮލަރުގެ އަދަދުވެސް ވަނީ އިތުރުކޮށްފައެވެ. ނަމަވެސް ޑޮލަރުގެ އަގު މިހާރު ހުރީ 20 ރުފިޔާއިން މަތީގައެވެ.



ކިޔުންތެރިންގެ ހިޔާލު