ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލައިގައި އައު ހެކިތަކާ ގުޅިގެން ދައުލަތުން ހުށަހެޅި އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ދެވަނަ ފަހަރަށް ނިންމާލައިފިއެވެ.
މި މައްސަލައިގައި ދައުލަތުން އިސްތިއުނާފު ކޮށްފައިވަނީ އަލުން ޝަރީއަތް ހިންގުމަށް ނިންމި ހައިކޯޓުގެ ނިންމުމުގައި، އެ ޝަރީއަތުގައި އައު ހެކިތައް ބަލައިނުގަތުމަށް ނިންމި ނިންމުމެވެ.
ހައިކޯޓުން ވަނީ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި މަނީ ލޯންޑަރިން އަދި ރިޝްވަތުގެ ޙުކުމް ބާތިލްކޮށް، ކުރީގެ މަޖިލިސް މެމްބަރު ޔޫސުފް ނައީމްގެ މައްޗަށްވެސް އަލުން ޝަރީއަތް ހިންގުމަށް އަމުރުކޮށްފައެވެ. ނަމަވެސް އެ ޝަރީއަތުގައި ދައުލަތުން ހުށަހަޅަން ބޭނުންވާ އައު ހެކިތައް ބަލައި ނުގަތުމަށް ވަނީ ނިންމާފައެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުން ބުނެފައިވަނީ، ދިފާއީ ހެކިންގެ ހެކިބަސް ނަފީކުރަން ހުށަހެޅި ހެކިތައް ބަލައިނުގަތުމަކީ ހައިކޯޓުން ނިންމި ގޯސް ނިންމުމެއް ކަމަށެވެ. އަދި މި ހެކިތައް އަލުން ހިންގާ ޝަރީއަތުގައި ބަލައިގަތުމުގެ ފުރުސަތު ދިނުމަށާއި، އޭގެ މަޤްބޫލުކަން ދަށު ކޯޓުތަކުން ނިންމުމަށް އެދިފައިވެއެވެ.
ޔާމީންގެ ފަރާތުން ވަކާލާތުކުރެއްވި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެފައިވަނީ، ހައިކޯޓުން އަލުން ޝަރީއަތް ހިންގުމަށް ނިންމާފައިވާއިރު ދައުލަތުން ސުޕްރީމް ކޯޓުގައި އައު ދައުވާތައް ހުށަހެޅުމަކީ މައްސަލަ ލަސްކުރުމަށާއި ދަޢުވާލިބޭ ފަރާތުގެ ޙައްޤުތަކަށް އުނިކަން ގެނައުމަށް ކުރާ މަސައްކަތެއް ކަމަށެވެ.
ހަމަ އެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޤާނޫނީ ވަކީލް ޙަމްޒާ ލަޠީފް ވިދާޅުވި ގޮތުގައި، ދައުލަތުން މި ހެކިތައް ދަށު ކޯޓުތަކުގައި ހުށަހަޅާފައިވަނީ އިޖުރާއަތާ ޚިލާފަށް ކަމަށާއި، ގުޅުމެއްނެތް ޤާނޫނީ މާއްދާއެއްގެ ދަށުންނެވެ.
މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް، އަދި ފަނޑިޔާރު އަބްދުﷲ ޙަމީދެވެ. މިހާރު މައްސަލައިގެ އަޑުއެހުންތައް ނިމިފައިވާއިރު، ޙުކުމް އިއްވާނެ ދުވަހެއް ފަހުން އަންގާނެ ކަމަށް ބެންޗުން ވަނީ އިއުލާނުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު