ފަސްޓްލޭޑީ ފަޒްނާ އަހްމަދު
ފަސްޓްލޭޑީ ފަޒްނާ އަހްމަދު
އިންޓަރނޭޝަނަލް ޑޭ އޮފް ސައިން ލޭންގްއޭޖް ނުވަތަ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ އިޝާރާތް ބަހުރުވައިގެ ދުވަހުގެ މުނާސަބާގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަހުމަދު އިޝާރާތް ބަހުރުވައިން ވާހަކައެއް ވިދާޅުވެ ދެއްވައި ދުވަސް ފާހަގަ ކުރައްވައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މީސް މީޑިއާގައި އާންމު ކޮށްފައިވާ މި ވިޑިއޯގައި އިޝާރާތް ބަހުރުވައިން އެކަމަނާ ވިދާޅުވެދެއްވީ ގަސް ކެނޑުމުން ލިބޭ ގެއްލުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވާ ތުއްތު ކުދިންނާ ގުޅޭ އިބްރަތްތެރި ވާހަކައެކެވެ.

މި ވީޑިއޯ ފައްޓަވަމުން ފަޒްނާ ވަނީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އިޝާރަތް ބަހުރުވައިގެ ދުވަހުގެ ތަހުނިޔާ ހުރިހާ ފަރާތްތަކަށް ފޮނުއްވާފަ އެވެ.

އަޑުއިވުމާއި ވާހަކަ ދެއްކުމުން މަހުރޫމް ވެފައިވާ ފަރާތްތަކާއި މުއާމަލާތް ކުރުމުގައި ބޭނުން ކުރާ އިޝާރާތް ބަހުރުވައާމެދު ހޭލުންތެރިކަން އިތުރުކޮށް އެ ބަހުރުވައިގެ މުހިންމުކަން ހާމަކޮށްދިނުމަށް ޚާއްސަކޮށް މުޅިދުނިޔޭގައި ފާހަގަކުރާ އިޝާރާތް ބަހުރުވައިގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފަސްޓްލޭޑީ ފަޒްނާ އަހްމަދު ވަނީ ވާހަކަ ދެއްކުމާއި އަޑުއިވުމުން މަހުރޫމު ވެފައިވާ ފަރާތްތައް ހުރިހާ ކަމެއްގައި ބައިވެރި ކުރުމުގެ ގޮތުން އެންމެން ވެސް އިޝާރާތް ބަހުގެ ކޮންމެވެސް މިންވަރެއް ދަސްކުރުމަށް އިލްތިމާސް ކުރަށްވާފައެވެ.



ބައިނަލްއަގްވާމީ އިޝާރާތް ބަހުރުވައިގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހެވެ. މިއީ، ދުނިޔޭގައިވާ އަޑުއިވުމުގެ ހިއްސުން މަހްރޫމްވެފައިވާ 72 މިލިއަން މީހުން ވާހަކަދެއްކުމަށް ބޭނުންކުރާ އިޝާރާތް ބަހުރުވަތައް ރައްކާތެރިކޮށް ހިމާޔަތްކުރުމުގެ ގޮތުންނާއި އެބަހުރުވަޔަށް މީހުން އަހުލުވެރިކޮށް އެބަހުރުވަ ދަސްކުރުމަށް ބާރުއެޅުމުގެ ގޮތުން ފާހަގަ ކުރެވޭ ދުވަހެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން