ރައްޔިތުންގެ މަޖިލީހުން މަނާކުރީ އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އައުން ކަމަށާއި، އިސްރާއީލު މީހުން އެހެން ގޮތަކަށް ރާއްޖެއަށް އައުމުގެ ފުރުސަތު އޮވެދާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސް އަދުރޭ މިހެން ވިދާޅުވީ، ގާނޫނުގައި އަދިވެސް އޮތީ އިސްރާއީލު މީހުންނަށް ރާއްޖެ އެތެރެވެވޭ ގޮތަށްކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިދާޅުވުމުން އެ މީހުންނާ ގުޅޭ މައުލޫމާތު ސަރުކާރާ ހިއްސާކުރަން ޖެހޭނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހިމް ފަލާޙް ވިދާޅުވުމާ ގުޅިގެންނެވެ.
އެ މައްސަލާގައި އަދުރޭ ވިދާޅުވީ، މަޖިލީހުން މަނާކުރީ އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އައުން ކަމަށެވެ. އަދި މެންބަރު ޒިޔާދު އިޝާރާތް ކުރަށްވާ މައްސަލައިގެ ތަފުސީލު ކަމާގުޅުންހުރި ފަރާތްތަކަށް ހިއްސާކުރައްވަން އަދުރޭވެސް ވަނީ އެދިލައްވާފައެވެ.
"އަޅުގަނޑުމެން މަނާކުރީ އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އައުން. އެހެންވީމާ އެ ނޫން ގޮތަކަށް ވެސް އެތެރެވުމަކީ އެއީ ފުރުސަތު އޮތް ކަމަކަށްވާތީ ނިޒާމީ ނުކުތާއެއް އަޅުގަނޑު ބަލައެއް ނުގަންނަން." އަބްދުއްރަހީމް ވިދާޅުވިއެވެ.
އަދުރޭ މިހެން ވިދާޅުވެފައިިވާއިރު ޒިޔާދު މިއަދު ވިދާޅުވީ، ރަނގަޅު އިޚުލާސްތެރި ނިޔަތެއް އޮތްނަމަ ޑުއަލް ޕާސްޕޯޓުގައި ވެސް އިސްރާއީލް މީހުންނަށް ރާއްޖެއަށް ނާދެވޭ ގޮތަށް އޮތް ބިލު ހަމައެކަނި އިސްރާއީލު ޕާސްޕޯޓުގައި ނާދެވޭ ގޮތަށް ސަރުކާރަށް ނިސްބަތްވާ މެންބަރުން ބަދަލު ނުކުރީސް ކަމަށެވެ.
މި މައްސަލާގައި މަޖިލީހުގައި މިއަދު ހޫނު ބަހުސެއް ހިނގާފައިވާއިރު، ފަލަސްތީނަށް އެހީ ހިފައިގެން ދަތުރުކުރާ ސުމޫދު ފްލޯޓިލާގެ އުޅަނދުތަކަށް އިސްރާއީލުގެ ސިފައިން ހަތިޔާރާއެކު އަރައިގަނެ، އޭގައި ތިބި އެތައް ބަޔަކު ހައްޔަރުކުރުމާ ގުޅިގެން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތީ 57 މެންބަރުންގެ ވޯޓުންނެވެ.

ކިޔުންތެރިންގެ ހިޔާލު