ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް-
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް-
ގައުމުގެ ހާލަތު ބަދަލުކުރުމަށް ބޭނުންވަނީ ހުރިހާ އެންމެންގެ ހިތްވަރާއި މަސައްކަތް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވެފައި ވަނީ އެމްޑީޕީން މިރޭ ސަރުކާރާ ދެކޮޅަށް ކުރިއަށްގެންދާ "ލޫަޓުވާލައިފި" މުޒާހަރާގައި ބައިވެރިވާކަން ހާމަކުރަމުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައެވެ.

އެގޮތުން ފައިސަލްގެ ޕޯސްޓުގައި ވިދާޅުވީ ޙައްޤުތައް ހޯދަން ވަކާލާތު ކުރުމާއި، ޤައުމު ހަމަ މަގަށް އެޅުވުމަށް އަޑު އުފުލުމަކީ ކޮންމެ ރައްޔިތަކަށް ޤާނޫނު އަސާސީއިން ލިބިދީފައިވާ އަސާސީ ޙައްޤެއް ކަމަށެވެ.

އަދި ރައްޔިތުންގެ އަސާސީ ބޭނުންތައް ނުފުދި، އިންތިހާއަށް ކަންބޮޑުވެފައިވާ މި ދަނޑިވަޅުގައި، މިރޭ އޮންނަ އެއްވުމުގައި ވީހާ ވެސް ގިނަ ރައްޔިތުން ބައިވެރިވެ، ޝުއޫރު ފާޅު ކުރުމަކީ މުހިންމު ކަމެއް ކަމުގައި ފައިސަލް ވަނީ ވިދާޅުވެފައެވެ.

"ޙާލަތު ބަދަލު ކުރުމަށް ބޭނުން ވަނީ ހުރިހާ އެންމެންގެ ހިތްވަރާއި، މަސައްކަތް. މާތް اللهގެ އިރާދަފުޅާއެކު، އެއްވުމުގައި އަޅުގަނޑު ވެސް ބައިވެރިވާނަން. ކުރިއަށް ދިވެހި ޤައުމު!" ފައްޔާޒް ވިދާޅުވިއެވެ.

މިރޭ އެމްޑީޕީން ބާއްވާ މި ބޮޑު އެއްވުމުގައި ބައިވެރިވާން ރަށްރަށުން ވެސް މާލެއަށް މީހުން ދަނީ އަންނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު