ކޮމަންވެލްތު ޕާލަމެންޓްރީ ކޮންފަރެންސް (ސީޕީސީ) ގައި ރާއްޖޭން ބައިވެރިވާ ވަފްދު
ކޮމަންވެލްތު ޕާލަމެންޓްރީ ކޮންފަރެންސް (ސީޕީސީ) ގައި ރާއްޖޭން ބައިވެރިވާ ވަފްދު
ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ބާބަޑޯސްއަށް ފުރާވަޑައިގަންނަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ 68 ވަނަ ކޮމަންވެލްތު ޕާލަމެންޓްރީ ކޮންފަރެންސް (ސީޕީސީ) ގައި ބައިވެރިވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ސީޕީއޭ އޭޝިއާ ރީޖަނަލް ރެޕްރެޒެންޓޭޓިވް، އަޙްމަދު ނާޒިމާއި، ރާއްޖޭގެ ވަފުދު، ރޭގެ ވަގުތެއްގައި ބާބަޑޯސްއަށް ފުރާވަޑައިގަންނަވާފައިވާ ކަމަށެވެ.

މި ދަތުރުގައި މަޖިލީހުގެ ނައިބުރައީސް އަޙްމަދު ނާޒިމްގެ އަރިހުގައި ތިމަރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ރިޔާޒް އާއި، މަރަދޫ ދާއިރާގެ މެމްބަރު އަހުމަދުދީދީ ބައިވެރިވެ ވަޑައިގަންނަވައެވެ.

ބާބަޑޯސްގައި ބާއްވާ 68 ވަނަ ކޮމަންވެލްތު ޕާލަމެންޓްރީ ކޮންފަރެންސް (ސީޕީސީ) ކުރިޔަށްދާނީ މިއަދުން ފެށިގެން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް