މާރާމާރީގެ ސީން އެއްގައި ފުލުހުން ހަރަކާތްތެރިވަނީ: މިރޭ މާލޭގައި ވަނީ މީހަކަށް ވަޅިން ހަމަލާދީފަ
މާރާމާރީގެ ސީން އެއްގައި ފުލުހުން ހަރަކާތްތެރިވަނީ: މިރޭ މާލޭގައި ވަނީ މީހަކަށް ވަޅިން ހަމަލާދީފަ
މާލޭގައި މިރޭ މީހަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި މައްސަލަ އާއި ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާ އިން ބުނީ، ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފައި ވަނީ ޝަހީދު އަލީ ހިނގުމާއި ހަވީރީ ހިނގުން ގުޅުނު ހިސާބުގައި ހުންނަ މާފަންނު ޠައިބާ މިސްކިތް ކައިރިން ކަމަށެވެ. އެހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ 20:45 ހާއިރު ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ހާދިސާގައި ޒަޚަމްވި މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ވަޅިން އަށް ހަމަލާ ދީ ޒަޚަމްކޮށްލާފައިވަނީ އޭނާ އާއި ދެބެންގެދެދަރި 19 އަހަރުގެ ޒުވާނެކެވެ.

ފުލުހުން ބުނީ މައްސަލައާ ގުޅިގެން 19 އަހަރުގެ ދިވެހި ފިރިހެނަކު ތޮއިބާ މިސްކިތް ކައިރިން ހައްޔަރުކޮށްފައިވާ ކަމަށެވެ. ތޫނު އެއްޗަކުން ކަރަށް ހަމަލާ ދީފައިވާ އެމީހާގެ ހާލަތާއި ބެހޭ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން