ދިވެހި ރާއްޖޭގެ ކަންކަން ނިންމުމުގެ ބާރު ބޭރުގެ ޤައުމުތަކަށް އޮތުމަށްވުރެ ވަކިން ބޮޑު ނިކަމެތި ކަމެއް ދިވެހި ރައްޔިތުންނަށް ނެތްކަމުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ހަނިމާދޫ އިންްޓަނޭޝަނަލް އެއާޕޯޓް ބޮޑުކޮށް، ތަރައްގީކުރުމުގެ ޕްރޮޖެކްޓް ނިމުމުން އެތަން ވާނީ ރާއްޖޭގެ އުތުރުގައި ޓޫރިޒަމް ކުރިއަރުވަން ކުރާ މަސައްކަތުގެ އިންޖީނަކަށް ކަަމަށް އިންޑިއާ އިން ވިދާޅުވި ވިދާޅުވުމަށް އިޝާރާތް ކުރައްވާ މާވަށު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ސައީދު ވިދާޅުވީ މިއީ މިނިވަންކަމާއި ސިޔާސަތާއި އިސްތިޤުލާލު ގެއްލުންފަދަ ކަމެއްކަމަށެވެ.

ރާއްޖޭގެ ތަރައްޤީއާއި، ރާއްޖޭގެ އެތެރޭގައި ހިންގާ އަދި ކުރެވޭ ކަންކަމަށް ބޭރުގެ ޤައުމުތަކުން ގޮތް ކިޔައި ގޮތް ނިންމުމަކީ އެއްވެސް ވަގުތެއްގައި އަދި އެއްވެސް ސިފައެއްގައި ކުރެވިގެންވާނެ ކަމެއް ނޫންކަމަށެވެ. މިއީ ޤައުމު ބޮޑު ނުރައްކަލަކަށް ވެއްޓުމުގެ ރަގަބީލު ކަމަށާއި، އަމިއްލަ ކަންކަމުގައި ގޮތް ނިންމުމުގެ ބާރު އަމިއްލަ އަތުން ދޫވެ އެހެން ޤައުމަކަށް އެބާރުވެރިކަން ދިއުމަށްވުރެ ވަކި ނިކަމެތި ކަމެއް ނެތްކަމަށް ސައީދު ވިދާޅުވިއެވެ.

"ރާއްޖޭގައި ކުރާނެ ނުކުރާނެ މަސައްކަތާއި، ކަންކަން ނިންމުމުގެ ބާރަކީ ދިވެހި ރައްޔިތުންގެ އަމިއްލަ ހައްގެއް. އެކަން ނިންމަނީ ބޭރުގެ ޤައުމަކުން ނޫން. މި ދަރަޖައަށް ސަރުކާރު ވެއްޓުމަށްވުރެ ވަކީން ބޮޑު ނުރައްކަލަކާއި ނިކަމެތިކަމެއް އަންނާނެބާ؟" ސައީދު ވިދާޅުވި އެެވެ.

ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ ޕްރޮޖެކްޓަކީ އިންޑިއާ އިން ރާއްޖެއަށް ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުން ހަރަދުކޮށްގެން ހިންގަން ރާވާފައިވާ ޕްރޮޖެކްޓެކެވެ. އެ މަސައްކަތް ކުރަނީ އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާގެ ޓީމަކުންނެވެ.

ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ ޕްރޮޖެކްޓާއި އިއްޔެ ފެށި ކޮޗިން ކާގޯ ފެރީގެ ހިދުމަަތަކީ ރާއްޖޭގެ އުތުރުގެ ސަރަހައްދު ބާރުވެރިކުރުވަން އިންޑިއާ އިން ދޭ އެހީ ކަމަށް ވެސް އިންޑިޔާ ހައިކޮމިޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

ބޭރުގެ ޤައުމުތަކުން ރާއްޖޭގެ ކަންކަމަށް ބަސްކިޔުމާއި، އެތެރޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަންނަން ފުރުސަދު ލިބުމަކީ ދިވެހި ރައްޔިތުން ގަބޫލު ކުރާ ކަމެއްނޫންކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ އެކި ފޯރަމްތަކުގައި ރާއްޖޭގެ ކަންކަން ނިންމުމުގެ ބާރު އޮންނާނީ ދިވެހި ރައްޔިތުންގެ އަތްމަތީގައި ކަމަށާއި، އެބާރުވެރިކަން އެހެން ގައުމުތަކަށް ދޫކޮށްލުމަށް ޖާގަ ނުދެއްވާނެކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


9

ޫއުނބުޝޭމް

26-Sep-2020

ޢިންޑިއާގެ އެހީތެރިކަން މިރާއްޖެއަށް ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެލިބިއެކަމުން ރައްޔިތުންނަށް ފައިދާއެއް ލިބުމަކީ ހަސަދުވެރިވާންޖެހޭކަމެެއްނޫން


-20

މުހައްމަދު ރައޫފު މ މުލި މީނާޒު

25-Sep-2020

މީ ސަޅިއެއްޗެއް ނޫން މިއީ ވރ ހިތާމަހުރި ކަމެއް ރީދޫ ހުންބާރުވިޔަސް މިބާވަތުގެ ކަންތައްކުރަން ހެއޮނުވާނެ މިހުންނަނީ މިކަމުގެ ސަބަބުންދަރިފަސްކޮޅައްވެސް ނިކަމެތިކަން ލިބޭނެ ކަންތައްތައް ވަގުތުފާތްއިތު ނުވަނީސް ވިސްނާފިކުރު ކޮއްލުން ބުއްދިވެރި އިން ސާﷲ


2

ލަތީފު

24-Sep-2020

ސައީދުމެން ރާއްޖޭގެ ހުރިހައި ފަޅުރައްތަކާ ފަޅުތަކާ ގިރިތަކާ ވިއްކައިގެން ލިބުނު ހުރިހައި ލާރި ވަގައް ނަގައިގެން ކައިލައިގެން ތިދިން އަނިޔާއައްވުރެ ނިކަމެތި ކަމެއް ދިވެހިން ނަކައް ނުލިބޭނެ މުޅި ޤައުމު ވަގައް ނަގައިގެން ކައިލައިގެން ތިތިބީ



ޓްރެންޑިން