އިމިގްރޭޝަންގެ އޮފިސަރުން
އިމިގްރޭޝަންގެ އޮފިސަރުން
މި ސަރުކާރުން މިހާތަނަށް 145ހާސް ބިދޭސީންނަށް ވޯކްޕާމިޓް ދޫކޮށްފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެވުޒާރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި ސަރުކާރު ވެރިކަމާ ހަވާލުވި ދުވަހުން ފެށިގެން މިހާތަނަށް 123،361 ބިދޭސީންގެ ވޯކްޕާމިޓް ވަނީ ކެންސަލް ކޮށްފައެވެ. އަދި އެ މުއްދަތުގައި 145،863 ބިދޭސީންނަށް ވޯކް ޕާމިޓް ދޫކޮށްފައިވެއެވެ.

އެގޮތުން 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން 2024 ނޮވެމްބަރު 18ގެ ނިޔަލަށް 68،848 ބިދޭސީއަކަށް ވޯކްޕާމިޓް ދޫކޮށްފައިވާއިރު، 2024 ނޮވެމްބަރު 18 އިން މިހާތަނަށް ދޫކުރީ 77،015 ވޯކް ޕާމިޓެވެ.

ރައީސް ޞާލިޙްގެ 5 އަހަރުގެ ތެރޭގައި 210،887 މީހުންނަށް ވޯކްޕާމިޓް ދޫކޮށްފައިވާއިރު، 161،684 ބިދޭސީއެއްގެ ހުއްދަ ވަނީ ބާތިލް ކޮށްފައެވެ.

ދާޚިލީ ވުޒާރާއިން މިމަޢުލޫމާތު ހާމަކޮށްފައިވާއިރު، މިސަރުކާރުން ކުރަނގި އޮޕަރޭޝަންގެ ދަށުން 178،982 މީހެއްގެ މަޢުލޫމާތު ހޯދައި، ޤަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ތެރެއިން 8609 އަށް ވުރެ ގިނަ މީހުން ވަނީ ޑީޕޯޓުކޮށްފައެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކަމާގުޅުންހުރި ހުރިހާ އިދާރާއެއް ގުޅިގެން ބޮޑު މަސައްކަތެއް ކުރަން ފެށީ، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.



ކިޔުންތެރިންގެ ހިޔާލު