މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް
މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް
ފުލުހުންގެ ވާޖިބަށް ހުރަސްއަޅާ މެމްބަރުންގެ ގޮނޑި ގެއްލޭގޮތް ހަދަންޖެހޭ ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަލާޙް ވިދާޅުވީ، އެމްޑީޕީން މިދިޔަ ހުކުރުދުވަހުގެ ރޭ ބޭއްވި މުޒާހަރާއަކީ އާދަޔާ ހިލާފު ނުރައްކާތެރި މުޒާހަރާއެއް ކަމަށާއި، މުޒާހަރާގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ފުލުހުންނާ ކުރިމަތިލައި ވާޖިބަށް ހުރަސްއަޅާފައިވާ ކަމަށެވެ. އަދި ބައެއް މެމްބަރުން ފުލުހުންނާ ކުރިމަތިލީ ދުވަހަކުވެސް ނުފެންނަ ގޮތަކަށް ކަމަށް ފަލާޙް ވިދާޅުވިއެވެ.

ފަލާޙް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބެރިކޭޑް ތެރެއަށް ވަދެފައިވާ ކަމަށާއި، އެފަދަ ކުށްތައް ކުރާނަމަ ގޮނޑި ގެއްލެން ޖެހޭނެ ކަމަށް ފަލާޙް ވިދާޅުވިއެވެ. އަދި އެކަން އެގޮތަށް ނުކުރާނަމަ ޤާނޫނު އަސާސީން ލިބިދޭ ހަމަހަމަ ކަމުގެ ޙައްޤާމެދު ސުވާލު އުފެދޭ ކަމަށާއި، ރައްޔިތުންނަށް ފެންނާނީ މެންބަރުންނާއި އާއްމުންނާ ދެމެދު ތަފާތުކުރާ މަންޒަރު ކަމަށް ފަލާޙް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގަވާއިދާއި ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ޖެހޭ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ވިޔަސް އެވަރުގެ ކުށެއް ކޮށްފިއްޔާ، އެ މެމްބަރެއްގެ ގޮނޑި ގެއްލެން ޖެހޭނެ." ފަލާޙް މިއަދު ވިދާޅުވިއެވެ.

ފަލާޙް މިހެން ވިދާޅުވެފައިވާއިރު، ޤާނޫނުގައި އޮންނަނީ ޖިނާއީ ކުށެއްގެ ސަަބަބުން މެންބަރެއްގެ ގޮނޑި ގެއްލޭނީ އެ ކުށުގެ އަދަބަކަށް އެއް އަހަރު ދުވަސް ނުވަތަ އެއަށް ވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވާ ހާލަތުގައި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް