ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-
ދާއިމީ ބަލިތައް ތަހައްމަލްކުރާ މީހުންގެ އުމުރަށް ބެލުމެއްނެތި ޕެންޝަންގެ ފައިސާ ވީހާވެސް އަވަހަށް ލިބޭނެ ގޮތް ހެދުމަށް ޕެންޝަންގެ ޤާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި އިސްލާހު ހުށަހެޅީ އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރެއް ކަމަށްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.

ބިލުގައި ބުނީ އެ އިސްލާހު ހުށަހެޅުމުގެ މަޤްސަދަކީ ދާއިމީ ބަލި ތަހައްމަލު ކުރަންޖެހޭ މީހެއް ކަމަށް ކަށަވަރު ކޮށްދޭ މެޑިކަލް ސެޓްފިކެޓް އެ މީހެއްގެ އުމުރާއި މަސައްކަތްކުރި އަހަރުތަކަށް ބެލުމެއް ނެތި ޕެންޝަންގެ ފައިދާ ވީހާ ވެސް އަވަހަށް ލިބޭނެ ގޮތް ހެދުން ކަމަށެވެ.

އެ އިސްލާހުގައިވާގޮތުން އެފަދަ ބަލިމީހުންގެ އެ ހާލަތުތައް ވަޒަން ކުރާނީ ޕެންޝަން އޮފީހުން އެކުލަވައިލާ މެޑިކަލް ސްޕެޝަލިސްޓުންގެ ޓީމަކުންނެވެ.

މީގެ އިތުރުން ޕެންޝަން ފައިސާ ހޯދަން ހުށަހަޅާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ފައިސާ ދޫކުރަން ޖެހޭނެ ގޮތަށް ލާޒިމު ކުރަން ވެސް އެ އިސްލާހުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް