ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް
ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް
ދައުލަތުގެ މާލިއްޔަތާ ގުޅުން ހުރި މައްސަލަތަކުގައި ދައުވާ ރައްދުވާ ފަރާތާ އެކުގައިި އިއުތިރާފް އެއްބަސްވުމެއް ގާއިމް ކުރުމުގެ ބާރަކީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ލިބިދޭ ބާރެއް ނޫން ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމް މިހެން ވިދާޅުވީ މަނީ ލޯންޑަރިންގެ ގާނޫނާ ހިލާފްވިިި ކަމުގެ ދައުވާ އުފުލާފައިވާ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރު، އިއުތިރާފް އެއްބަސްވުމެއް ގާއިމް ކުރަން ޕީޖީއަށް ހުށަހެޅުއްވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. ހައިލަމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ނަސޭހަތުގެ އެއްބަސްވުމާއި އިއުތިރާފްގެ އެއްބަސްވުމަކީ ތަހުގީގް މަރުހަލާގައި ގާއިމް ކުރެވޭ އެއްބަސްވުންތަކެއް ކަމަށެވެ. ދައުލަތުގެ މާލިއްޔަތާ ގުޅުން ހުރި ޖިނާއީބޮޑެތި މައްސަލަތަކުގައި އަދި އެ މައްސަލައެއް ސާބިތުވާ މިންވަރަށް ކާފީ ހެކި ހުރި ނަމަ، ނަސޭހަތް ދިނުމާއި އިއުތިރާފް އެއްބަސްވުން ހެދުމުގެ ބާރެއް ޕީޖީއަށް ލިބިގެން ނުވާ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގައި ހުންނަވަނިކޮށް މަގާމުން ވަކިކުރި ހައިލަމް ވިދާޅުވިއެވެ.



އާތިފްގެ މައްޗަށް މަނީ ލޯންޑަރިންގެ ގާނޫނާ ހިލާފުވި ކަމުގެ ދައުވާ ދައުލަތުން އުފުލީ މި އަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު އެވެ. ދައުލަތުން އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މުއާމަލާތެއް ފާހަގަވުމުން ވެސް ކަމާ ބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް އެކަން ގެނެސްފައި ނުވާ ކަމަށް ބުނެ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގު ރިޕޯޓުގައިވެސް އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފް ކުންފުނިން މަނީ ލޯންޑްރިންގެ ހަރަކާތްތައް ހިންގަމުން ދިޔަކަން ފާހަގަވެ، އެކަމަށް ފިޔަވަޅު ނާޅާ ދޫކޮށްލާފައި ވަނީ އާތިފްގެ އެންގުމަކަށް ކަން ވަނީ ފާހަގަކޮށްފައެވެ. އޭސީސީގެ ތަހުގީގު ރިޕޯޓަށް ބިނާކޮށް އާތިފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ސާބިތުއްވެއްޖެނަމަ އެއް އަހަރާއި 10 އަހަރާ ދެމެދުގެ ޖަލު ހުކުމެއްގެ އަދަބު އަންނާނެއެވެ. ނުވަތަ 10،000 ރުފިޔާ. އާއި 500،000 ރުފިޔާ. އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާގެ ހުކުމެއް ވެސް އަތުވެދާނެއެވެ.

ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަކީ އެމްއެމްއޭގެ ދަށުން ހިންގާ މިނިވަން ޔުނިޓެކެވެ. އެ ޔުނިޓްގެ މަސްއޫލިއްޔަތުގެ ގޮތުގައި ބަޔާންކޮށްފައިވަނީ ފައިސާގެ މުއާމަލާތްތައް މޮނީޓާ ކުރުމާއި، މަނީ ލޯންޑްރިންއާއި ޓެރަރިޒަމަށް ފަންޑުކުރުން ފަދަ ކަންކަން ހިނގާ ކަމަށް ޝައްކު ކުރެވޭ ނަމަ އެ ކަންކަން ކަމާ ބެހޭ މުއައްސަސާތަކުގެ ސަމާލު ކަމަށް ގެނައުމުގެ މަސްއޫލިއްޔަތެވެ.


ކިޔުންތެރިންގެ ހިޔާލު


2

ޢޭޖީ މޫސާ

24-Sep-2020

ހެހެހެހެހެ މިސްޓަރ ހައިލަމް ނަގައިގަތް ފަޑިޔާރުގެ ޙުކުމް މިހާރަކު ނުހިގާނެ. ހައިލަމް ނަގައިގެން ފަނޑިޔާރުކަމުގައި ހަމަ ތިކޯރޓާ ފަޓްކޫނުގާ ހުއްޓާ ނޫންތޯ ރައްޔަތުންގެ 12 މަންދޫބުން ނަގާ މަޖިލިސް ކުރާ ގޭގެ ފާރުމަތިން އުކާލިވެސް. އޭރަކު ނުކިޔުނު އެހެން ނެރެ އުކައެއް ނުލެވޭނެކޭ. އޭރަކު ނޯވޭ ތިކަހަލަ މޮޅުބަސް ނެރުއްވާ ދޫފުޅެއްވެސް. އެހެންވީމާ މިހާރު ހަމަ ކަމެއް ވާއިރަށް ނަގައިގެން ފަޑިޔާރު ހައިލަމަށް ކިޔުއްވޭނެ ދެކޮޅުޖެހޭ މާރީތި ފަރިއްސެއް ނޯންނާނެ. ކީކޭ ބުނުއްވާނީ؟؟



ޓްރެންޑިން