މުސްތަޤިއްލު މަގާމުތަކުގައި ތިބޭ މީހުންގެ މާލީ ބަޔާން ހާމަކުރުމަށް އޮޑިޓް ޤާނޫނަށް އިސްލާޙެއް ހުށައަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލު ހުށަހެޅުއްވީ، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
އެގޮތުން ބިލުގެ މަޤްސަދެއްގެ ގޮތުގައި ކުޑޫ ފާހަގަ ކުރަށްވާފައިވަނީ، ދައުލަތުގެ ބައެއް މަގާމުތަކުގައި ތިބި މީހުންގެ މުދަލާއި ފައިސާގެ ބަޔާން ހާމަކުރުމުގެ ހަރުދަނާ އުސޫލެއް އެކަށައެޅިފައި ނުވާތީ އެކަން ކުރުމާއި، އެ މަގާމުތަކުގައި ތިބި މީހުންގެ ގަވައިދުން މާލީ ބަޔާން ހުށަހެޅުމާއި ހާމަ ކުރުމަށް ބާރު އެޅުމެވެ.
އެގޮތުން މާލީ ބަޔާން ހާމަކުރުމަށް ހުށައެޅުއްވި މަޤާމުތަކުގެ ތެރޭގައި ހިމެނެނީ، ގާނޫނުއަސާސީގެ ދަށުން އުފައްދާފައިވާ މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި، މުސްތަގިއްލު މަގާމުތަކަށް އައްޔަންކޮށްފައިވާ މީހުންނާއި، ސަރުކާރުގެ ވުޒާރާއެއްގެ ގޮތުގައި ނުހިމެނޭ، އެހެންނަމަވެސް ގާނޫނަކުން އުފައްދާފައިވާ އެކިއެކި މަގާމުތަކެވެ.
އޭގެތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލް، ޓްރާންސްޕޯޓު އޮތޯރިޓީގެ ވެރިޔާ، ނޭޝަނަލް ޑްރަގު އެޖެންސީގެ ވެރިޔާ އަދި ޕޮލިސް ކޮމިޝަނަރު ފަދަ ބައެއް މަގާމުތައް ހިމެނެއެވެ.
މީގެ އިތުރުން ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި މޮނިޓާކުރުމުގެ ގާނޫނަށްވެސް ކުޑޫ އިސްލާޙް ހުށައެޅުއްވިއެވެ. މި ދެ ގާނޫނުގެ ތެރެއިން ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި މޮނިޓާކުރުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގުމާއި އަސާސީ ޚިދުމަތްތައް ޤާއިމްކުރުމާއި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމުގެ އިތުރުން ދައުލަތުގެ މުހިންމު ބައެއް އެސެޓުތައް މެނޭޖުކުރަނީ ސަރުކާރު ކުންފުނިތަކުގެ އިސް ވެރިން ކަމަށް ވާތީއެވެ.
އެގޮތުން މާލީ ބަޔާން ހުށައަޅަންޖެހޭ ފަރާތްތަކުގެ ތެރޭގައި ކުންފުނިތަކުގެ ޗެއާޕާސަނުންނާއި، މެނޭޖިން ޑިރެކްޓަރުންނާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންނާއި، ސީއީއޯ އާއި، ސީއޯއޯ ފަދަ މަގާމުތައް ހިމެނެއެވެ.
މިފަރާތްތަކުގެ މާލީ އަހަރު ގުނާނީ، މަގާމާ ހަވާލުވާ ދުވަހުން ފެށިގެން ކަމަށާއި، މަޤާމާ ޙަވާލުވާތާ އެއް އަހަރު ވުމަށްފަހު 90 ދުވަސް ތެރޭގައި ބަޔާން ހުށައަޅަން ޖެހޭނެ ކަމަށް އިސްލާޙުގައިވެއެވެ. އަދި މިކަންކަމާއި ހިލާފުވާ މީހެއް 5،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށްވެސް މި އިސްލާހުގައި ހިމަނާފައިވެއެވެ.
މުސްތަޤިއްލު މަގާމުތަކުގައި ތިބޭ މީހުންގެ މާލީ ބަޔާން ހާމަކުރުމަށް އޮޑިޓް ޤާނޫނަށް އިސްލާޙެއް ހުށައަޅާފައިވާއިރު، ވަޒީރުންގެ މާލީ ބަޔާން ހުށަހެޅުމާ ގުޅޭ އުސޫލުތައް ބަދަލު ކުރުމަށްވެސް މިދިޔަ އާދިއްތަ ދުވަހު ކުޑޫ ވަނީ ޤާނޫނު އަސާސީއަށް އިސްލާހު ހުށަހަޅުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު