ސުޕަރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރި މަހާޒް އަލީ ޒާހިރު
ސުޕަރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރި މަހާޒް އަލީ ޒާހިރު
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލައްވާފައިވާ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރަށް، މަޖިލީހުގެ ކޮމިޓީ މަރުޙަލާގައި މެންބަރުން 97 އިންސައްތަ މާރކްސް ދެއްވައިފިއެވެ.

އެ މަގާމަށް ކުރިމަތިލެއްވި ހަ ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވިއިރު، ލިސްޓުގެ އެންމެ ކުރީގައި އޮތީ އިތުބާރު ނެތްކަމަށްބުނެ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ މެންބަރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރެއްވި ގދ. މަޑަވެލި، މޭނާ، މަހާޒް ޢަލީ ޒާހިރުގެ ނަންފުޅެވެ.

އެގޮތުން ރައީސް މުޢިއްޒު ފޮނުއްވި ލިސްޓުގައި ހިމެނޭ ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށް ފަހު، ޖުޑީޝަރީ ކޮމިޓީން އެކުވަލައިލި ރިޕޯޓްގައި އެ ކޮމިޓީން އެދިފައި އޮތީ 75 ޕަސެންޓުން ފެށިގެން މަތިން މާކްސް ދީފައިވާ ދެ ބޭފުޅަަކަށް ރުހުން ދިނުމަށެވެ. ކޮމިޓީން މާކްސް ދީ، ރިޕޯޓްގައި ހިމަނާފައި އޮތީ ފަސް ބޭފުޅެއްގެ ނަމެވެ.

އެ ލިސްޓުގައި 97 ޕަސެންޓް މާކްސްއާ އެކު އެއްވަނައިގައި ހިމަނާފައި ވަނީ މަހާޒްގެ ނަންފުޅެވެ. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މި އަހަރުގެ މޭ 14 ވަނަ ދުވަހު ވަނީ މަހާޒްގެ އިތުބާރު ނެތް ކަމަށް ބުނެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުން ވަކިކޮށްފައެވެ.

ދެވަނަގައި އޮތީ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ބ. އަތޮޅު މެންބަރުކަން ކުރެއްވި އިބްރާހީމް އަފީފެވެ. އޭނާއަށް ލިބިފައިވަނީ 91 ޕަސެންޓް މާކްސްއެވެ.

ކޮމިޓީގެ އިންޓަވިއުގައި މަހާޒް ވިދާޅުވީ، ދެ މަސްދުވަހުގެ މުއްދަތަކަށްވެސް ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލެއްވީ ރާއްޖޭގެ ޓެކްސް ނިޒާމު ހިނގާ ގޮތް ތަޖުރިބާ ކޮށްލަށްވަން ޝައުގުވެރި ވެވަަޑައިގަންނަވާތީ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް