ބިޑްކުރުމަކާނުލައި ސަރުކާރުގެ މަސައްކަތްތައް ހަވާލުކުރެވޭ ގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި އޮންނަ މާއްދާ ބާތިލު ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއިން ލަފާ ދިން ގޮތަށް އެ މާއްދާ ބާތިލްކޮށް އިސްލާހުކޮށްފިއެވެ.
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮރަޕްޝަންގެ ހިރާސް ކުޑަ ކުރަން މާލިއްޔަތު ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށެވެ. މިނިސްޓަރ އަމީރު ވިދާޅުވީ މިނިސްޓްރީން އިސްނަގައިގެން އެޓަރނީ ޖެނެރަން، އޮޑިޓަރ ޖެނެރަލް އަދި އޭސީސީ ވެސް ހިމެނޭގޮތަށް ކޮމިޓީއެއް އެކުލަވާލާ، އެ ކޮމިޓީގެ އެންޑޯސްމަންޓާއި އެއްކޮށް ބިޑު ކުރުމަކާއި ނުލާ މަސައްކަތް ހަވާލުކުރެވޭ އުސޫލެއް އެކުލަވާލާ ގެޒެޓު ކުރުމަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. މީގެއިތުރުން ކޯޕަރޭޓިވް ސޮސައިޓީ އަދި ގައުމީ ޖަމިއްޔާތަކާއި ސިންގަލް ސޯސް ކޮށް ދެވޭ ގޮތަށް ކުރިން އޮތް މާއްދާ މިހާރު ބަދަލު ކޮށްފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ދައުލަތުގެ މާލިއްޔަތު ގަވާއިދު (2017) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދުގެ 10.27ގެ (ހ) އަދި (ށ) ގައި ކުރިން ބުނެފައިވަނީ އާންމުކޮށް ބީލަމަށް ހުޅުވާނުލައި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ނުވަތަ ސަރުކާރުގެ މަޞްލަޙަތު އޮންނަ ކޯޕަރޭޓިވް ސޮސައިޓީއަކާ ނުވަތަ ގައުމީ ޖަމްޢިއްޔާއެއް ނުވަތަ ޖަމާޢަތެއްކަމަށް ސަރުކާރުން ޤަބޫލުކުރާ ފަރާތަކާ މަސައްކަތް ހަވާލުކުރެވިދާނެ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ވަނީ އެ މާއްދާ ބާތިލްކޮށްފައެވެ. އެ މާއްދާ ބާތިލްކޮށް އަލަށް ގެނެވުނު ބަދަލާއި އެކު މިހާރު މި މާއްދާގައި ބުނެފައިވަނީ ދައުލަތުގެ ފަރާތުން ބިޑްކުރުމަކާ ނުލައި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކާ ނުވަތަ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓްކޮށްފައިވާ ސަރުކާރުގެ ހިއްސާ ހިމެނޭ ކުންފުންޏަކާ ހަވާލުކޮށްގެން އެ މަސައްކަތް ކުރެވިދާނެ ކަމަށެވެ.
މީގެ ކުރިން އޭސީސީން ބުނެފައިވަނީ އިޢުލާނު ކުރުމަކާނުލައި ސަރުކާރުގެ މަޞްލަޙަތު އޮންނަ ކޯޕަރޭޓިވް ސޮސައިޓީއަކާ ހަވާލުކޮށްގެން މަސައްކަތްކުރެވޭ ގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ގެނެސްފައިވާ އިޞްލާޙު ފަރުމާ ކޮށްފައިވުމުން، ދައުލަތުގެ އިދާރާއަކުން މާލިއްޔަތުގެ ގަވާއިދަށް ޢަމަލުކުރަން ބޭނުންނުވާ ކޮންމެ ހާލަތެއްގައި ކޯޕަރޭޓިވް ސޮސައިޓީއަކާ އެ މަސައްކަތް ހަވާލުކޮށްގެން މަސައްކަތް ކުރުވުމުގެ ފުރުޞަތު އޮންނަ ކަމަށެވެ. އޭސީސީން ވަނީ އެ މާއްދާ ބާތިލް ކުރަން ފިނޭންސް މިނިސްޓްރީ އަށް އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު