ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ކުންފުނި ކަމަށްވާ ސްވިފްޓް އިންޖިނީރިން ކުންފުންޏަށް ބަދަލު ދީގެން ސަރުކާރަށް ވީ ފައިދާ ކަމަށް ސައުދުﷲ ވިދާޅުވެއްޖެއެވެ.
ސައުދު މިހެން ވިދާޅުވެފައި ވަނީ ސްވިފްޓް އިންޖިނީރިން ކުންފުންޏަށް ބަދަލު ދިނުމަށް ނިންމުމުގައި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގު ކުރަމުންދާކަމަށް ބުނެ އޭސީސީއަށް ހާޒިރުވާން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް އެންގުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓުގައި ފައްޔާޒްގެ ދިފާއުގައި ސައުދު ވިދާޅުވީ ސްވިފްޓު އިންޖިނިއަރިން އިން ކުރިއަށް ގެންދިޔަ 6 ޕްރޮޖެކްޓަކުން ރައީސް ޔާމީން ސަރުކާރުން ގާނޫނާއި ގަވާއިދާ ޚިލާފަށް ވަކިކޮށްފައިވާތީ ސްވިފްޓަށް ލިބުނު ގެއްލުމަށް ބޭނުންވަނީ ފައިސާތޯ ނުވަތަ ޕްރޮޖެކްޓުތޯ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސެޓަލްމެންޓު ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރި ކަމަށެވެ.
ސައުދު ވިދާޅުވީ އޭނާ ކޮމިޓީގައި އެދުނީ ވަކިކުރި ޕްރޮޖެކްޓުތަކަށް ވާ ފައިސާގެ ބަދަލުގައި އެ ޕްރޮޖެކްޓުތަކުގެ ވެލިއުއަށް ފެތޭ ޕްރޮޖެކްޓް ދިނުމަށް ކަމަށެވެ.
"އެހެންކަމުން ސްވިފްޓަށް ބަދަލެއްގެ ގޮތުގައި ފައިސާ ދީފައި ނުވޭ، އެކަމަކު ވަކިކުރި 6 ޕްރޮޖެކްޓުގެ ތެރެއިން 4 ޕްރޮޖެކްޓުގެ ވެލިއުއަށް ފެތޭ ގޮތަށް، 5 ޕްރޮޖެކްޓެއް ދީފައިވޭ. އަނެއް ދެ ޕްރޮޖެކްޓުގެ ބަދަލުގެ ގޮތުގައި ފައިސާވެސް އަދި ޕްރޮޖެކްޓެއްވެސް ދީފައި ނުވޭ" ސައުދު ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ މިކަމުގެ ސަބަބުން ދައުލަތަށް ލިބިފައިވާނީ ފައިދާ ކަމަށެވެ. އަދި މި މައްސަލައިގައި ކޯޓަށް ދިޔަ ނަމަ ބޮޑު އެއްޗެއް ސްވިފްޓަށް ދޭން ޖެހުނީސް ކަމަށްވެސް ސައުދު ވަނީ ވިދާޅުވެފައެވެ.
ސައުދު މިހެން ވިދާޅުވެފައިވާއިރު ސްވިފްޓަށް ބަދަލު ދިނުމާ ގުޅިގެން ފައްޔާޒް އޭސީސީއަށް ހާޒިރުވުމަށް ވަނީ ޗިޓު ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު