ޒަހީނުއްދީން ސަޢީދު   24 ސެޕްޓެމްބަރު 2020 - 19:52
މިއަދުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު ވާހަކަ ދައްކަވަނީ
މިއަދުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު ވާހަކަ ދައްކަވަނީ
އެމެރިކާއިން ދިވެހިރާއްޖެއަށް 60 ވެންޓިލޭޓަރު ހަދިޔާކޮށްފިއެވެ.

ވާޗުއަލްކޮށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައި އެމެރިކާގެ ފަރާތުން ވެންޓިލޭޓަރުތައް ހަވާލުކުރެއްވީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެލައިނާ ޓެޕްލިޒްއެވެ. ރާއްޖެއިން ވެންޓިލޭޓަރުތަކާ ހަވާލުވެވަޑައިގެންނެވީ ރާއްޖެއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު އުމަރު އަބްދުއް ރައްޒާޤެވެ. ރާއްޖޭގެ ފަރާތުން އެ ސާމާނާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

މިއަދުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫއެސްއޭއައިޑީ) މެދުވެރިކޮށް، އެމެރިކާއިން ހަދިޔާކުރި ވެންޓިލޭޓަރުތައް ލިބުމުން ރާއްޖޭގެ އައިސީޔޫ ކެޕޭސިޓީ އިތުުރުވާނެ ކަމަށާއި ސިއްހީ ކުއްލި ހާލަތަކަށް ތައްޔާރުވެފައިވާ މިންވަރު އޭގެ ސަބަބުން އިތުރުވާނެ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ، ޔޫއެސްއެއިޑް އިން ފޯރުކޮށްދިން މި އެހީއަކީ ކޮވިޑު-19 އާއި ދެކޮޅަށް ސަރުާރުން ކުރަމުންދާ މަސައްކަތުގެ އިތުރުން ކޮވިޑު-19 އަށްފަހުވެސް ބޮޑެތި ބަލިތަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލްތަކުގެ އައިސީޔޫ އެނދުތަކުގެ ކެޕޭސިޓީ އިތުރުކުރަމަށް މުހިންމު ރޯލެއް ކުޅޭނެ އެހީއެއް ކަމަށެވެ.

މިއަދު ހަދިޔާކުރި ވެންޓިލޭޓަރުތައް ފޮނުވާނީ 20 އަތޮޅެއްގެ ހޮސްޕިޓަލްތަކަށް ކަމަށް ފޮރިން މިނިސްޓްރީ އިން ހާމަކުރެއެވެ. މީގެ ކުރިން އެެމެރިކާއިން ވަނީ ކޮވިޑު-19 އާއި ގުޅިގެން ރާއްޖެއަށް 4 މިލިއަން ޑޮލަރުގެ އެހީ ދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން