ޒަހީނުއްދީން ސަޢީދު   25 ސެޕްޓެމްބަރު 2020 - 4:9
ކޮވިޑް-19
ކޮވިޑް-19
ކޮވިޑް-19 އަށް އިތުރު 54 މީހުން ޕޮޒިޓިވްވެ، 67 މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ މިއަދު ޕޮޒިޓިވްވި 54 މީހުންގެ ތެރޭގައިި ހިމެނެނީ 30 ދިވެހިންނާއި 24 ބިދޭސީން ކަމަށެވެ. މިއަދު ޕޮޒިޓިވްވި 54 މީހުންގެ ތެރެއިން 50 މީހުން ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި 4 މީހުން ޕޮޒިޓިވްވީ އަތޮޅުތެރޭގެ ރަށްތަކުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިވަގުތު ކޮވިޑް ބައްޔަށް ފަރުވާ ކުރަމުންދާ 1301 މީހަކު ރައްޖޭގައި އެބަތިއްބެވެ. ބަލި ޖެހިގެން މިހާރު ވެސް 87 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ. އަދި މިވަގުތު ވެސް އައިސޮލޭޝަން ފެސިލިޓީގައި 645 މީހަކު އެބަތިބި ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19ގެ 9939 ކޭސް ރިޕޯޓު ކުރެވިފައިވެއެވެ. އަދި މިހާތަނަށް 8597 މީހަކު ބަލިން ވަނީ ރަނގަޅުވެފައެވެ.

ކޮވިޑް-19ގައި މިހާތަނަށް މަރުވެފައިވަނީ 34 މީހުންނެވެ. މީގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ. މާލޭގެ އިތުރުން އަތޮޅު ތެރެއިން ވެސް ވަނީ ކޮވިޑް-19ގެ ކޭސްތައް ފެނިފައިވެއެވެ. އެގޮތުން މިހާތަނަށް 21 ރަށަކުންނާއި 26 ރިސޯޓަކުން ބައްޔަށް ޕޮޒިޓިވް މީހުން ފެނިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން