މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަން ކުރަންޖެހޭ ތިން މެންބަރުންގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ދިރާސާކުރަން މަޖިލީހުގެ ކޮމެޓީއަށް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއުލާނުކޮށްފައިވަނީ އެ މަޤާމަށް 10 ބޭފުޅަކު ކުރިމަތި ލައްވާފައިވާ ކަމަށެވެ.
އެގޮތުން 3 މަޤާމަށް ކުރިމަތިލެއްވި 10 ބޭފުޅުންނަކީ، އަލްއުސްތާޒާ ފާޠިމަތު ފަހުމީ، މުޙައްމަދު ފަރުޞަތު، ޞަފާ ޝަފީޤް، އަލްއުސްތާޒާ އާމިނަތު ސަރަޙަތް އިއްޒަތު، އިބްރާހީމް މުޙައްމަދު، މޫސާ ރިލްވާން، މުޙައްމަދު ފާރިސް ތޯހާ، ޝެހެނާޒް އަދުނާން، މުޙައްމަދު ސާމިން، ޝަފީޤާ ނައީމެވެ.
އެބޭފުޅުންގެ ނަންތައް ދިރާސާކުރަން ފޮނުވާފައިވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މި ނަންތައް ދިރާސާކުރުމަށްފަހު، ކޮމިޝަނަށް އައްޔަންކުރާނެ ތިން މެންބަރުންގެ ނަން ފާސްކުރުމަށް މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެއެވެ.
މީޑިއާ ކޮމިޝަނަށް އައްޔަންކުރެވޭ މެންބަރުންގެ ދައުރަކީ ފަސް އަހަރު ދުވަހެވެ. އަދި އެއްވެސް މެންބަރަކަށް ވިދިވިދިގެން ނުވަތަ އެނޫންވެސް ގޮތަކަށް ދެ ދައުރަށްވުރެ ގިނަ ދުވަހު މެންބަރުކަމުގައި ނުހުރެވޭނެކަން ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
މީޑިއާ ކޮމިޝަނަށް މަޖިލީހުން އައްޔަނުކުރާ މެންބަރުންނަށް މަނާކަންތައްތަކުގެ ތެރޭގައި މީޑިއާއެއްގެ މަސްއޫލުވެރިއެއް ނުވަތަ އެޑިޓަރެއްގެ މަޤާމު އަދާކުރަމުން ދިޔުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމާއި ކޮމިއުނިކޭޝަނާއި މީޑިއާގެ ޚިދުމަތްދިނުމުގެ ދާއިރާގައި ވިޔަފާރީގެ ހިއްސާއެއް އޮތުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު