އެމްޑީޕީގެ މެންބަރުން މަޖިލީހަށް މިއަދު ހުށައެޅި ކުއްލި މައްސަލަ ބަލައިނުގަތުމަށް ނިންމެވުމަށްފަހު، މަޖިލީހުގެ ރިޔާސަތުން އަމަލުކުރާނީ ގަވާއިދާ އެއްގޮތަށް ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ، އޮކްޓޯބަރު 3 ގައި މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވަމުން ދާތީ ހުށަހެޅި ކުއްލި މައްސަލަ އަކީ ހަގީގަތެއް އެކުލެވޭ މައްސަލައެއްކަން މައްސަލަ ހުށައެޅުއްވި ފަރާތަށް ބަޔާންކޮށްދެވިފައި ނުވާކަމަށް ވިދާޅުވަމުންނެވެ.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށައެޅުއްވި ކުއްލި މައްސަލާގައި ބުނެފައިވަނީ، މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް ޖިސްމާނީ ގޮތުން އެކިވަރުގެ ހާނިއްކަ ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށާއި އެ މީހުންގެ އަސާސީ ހައްގުތައް ފުރިހަ ނުކޮށްދޭ ކަމަށާއި، އެ މީހުންނަށް ޖިސްމާނީ ގޮތުން ހާނިއްކަ ވެފައިވާ ކަމަށާއި އެއް ހަފުތާއަށްވުރެ ގިނަ ދުވަސް ފަރުވާ ނުދީ ގަސްތުގައި ލަސްކޮށްފައިވާ ކަމަށް ހާމަވާ ކަމަށާއި އެ މީހުންގެ ތެރެއިން ދާއިމީ ބަލިތަކަށް ބޭސްކަމުންދާ މީހުންނަށް އާއިލާއިން ބޭސް ފޮނުވުމުގެ ފުރުސަތު ލަސްކޮށްފައިވާ ކަމަށެވެ.
އެމައްސަލާގައި އަދުރޭ ވިދާޅުވީ، މައްސަލާގައި ބަޔާންކޮށްފައިވާ ކަންކަމަކީ ހަގީގަތެއްކަން މައްސަލަ ހުށައެޅުއްވި މެންބަރަށް ބަޔާން ކޮށްދެވިފައި ނުވާ ކަމަށެވެ. އަދި ރިޔާސަތުން އަމަލުކުރާނީ ގަވާއިދާ އެއްގޮތަށް ކަމަށް ވިދާޅުވެ މައްސަލަ ބަލައިގަނެވެން ނެތްކަމަށް އަދުރޭ ވަނީ ނިންމަވާފައެވެ.
އަދުރޭ މިއަދު މިގޮތަށް ޢަމަލު ކުރަށްވާފައިވާއިރު މަޖިލީހަށް ހުށައަޅާ ކުއްލި މައްސަލަ ސާބިތުކުރަން ހެކި ހުށަހަޅަން ޖެހޭނެކަމަށް ޤަވާއިދުގައި ބަޔާންކޮށްފައި ނެތްކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ.
މައުރޫފު ޒާކިރު ހުށަހެޅުއްވި މި މައްސަލަ ވޯޓަކަށް އެހުމެއްނެތި ބޭރުކޮށްފައިވާއިރު، 3 އޮކްޓޯބަރު މުޒާހަރާއާއި ގުޅިގެން 6 މީހަކު ހައްޔަރުކޮށް ބަންދަށް 15 ދުވަސް ވަނީ ޖަހާފައެވެ. މޒާހަރާއިން ހައްޔަރުކުރި މީހުންގެ ތެރޭގައި ކުރީގެ މަޖިލީސް މެންބަރުންނާއި ކައުންސިލަރުންވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު