ލައިވް ޑޯނާ އޯގަން ޓްރާންސްޕްލާންޓް ކުރެވޭގޮތަށް، އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓު ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.
މަޖިލީހުގެ މިއަދު ޖަލްސާއަށް މިބިލު ހުށައެޅުއްވީ، ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީއެވެ. އެ ބިލުގައި ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ހިދުމަތް ދިނުމަށް ކަނޑައަޅަން ޖެހޭ މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅައި، ހިދުމަތްދޭ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތަކާއި އެނޫން ވެސް ކަމާގުޅޭ އުސޫލުތައް ހެދުމުގައި ޢަމަލު ކުރާނެ ގޮތްތައް ހިމަނާފައިވެއެވެ.
ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ މިބިލުގައި ޓްރާންސްޕްލާންޓް ކުރުމުގެ ޢާންމު އުސޫލު ވަނީ ހިމަނާފައެވެ. އެގޮތުން، މި ބިލުން ހުއްދަދެނީ ހަމައެކަނި ލައިވް-ޑޯނަރ އޯގަން ޓްރާންސްޕްލާންޓް ކުރުމަށް ކަމަށާއި، ހަދިޔާ ކުރެވޭނެ ގުނަވަންތަކާއި ނުކުރެވޭނެ ގުނަވަންތަކާއި، ގުނަވަން ހަދިޔާކުރާ ފަރާތުގެ ޝަރުޠުތައް ބަޔާން ކޮށްފައިވެއެވެ.
ހަމައެއާއެކު، މިބިލުން ބާރުލިބިގެން "ގުނަވަން ޓްރާންސްޕްލާންޓް ކައުންސިލް" ގެ ނަމުގައި ކަމާގުޅޭ ޚާއްޞަ ޑޮކްޓަރުންނާއި ޑައިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސާވިސަސް ހިމެނޭހެން 9 މެންބަރުންގެ ކައުންސިލަކާއި، "ގުނަވަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީ" ގެ ނަމުގައި 5 މެންބަރުންގެ ކޮމިޓީއެއް އުފެއްދުމަށް ހިމަނާފައިވެއެވެ.
އޭގެއިތުރުން ކުށާއި އަދަބު އަދި އިދާރީ ފިޔަވަޅުތަކުގެ ގޮތުގައި މިބިލުގައި ބައެއް ކަންކަން ހިމަނާ އަދަބު ކަނޑައަޅާފައިވެއެވެ. އެގޮތުން، މީހެއްގެ ރުހުންނެތި ޓްރާންސްޕްލާންޓް ކުރުމަށް އެމީހެއްގެ ގުނަވަން ނެގުން ނުވަތަ އެފަދައިން ނަގާ ގުނަވަނެއް ޓްރާންސްޕްލާންޓް ކުރުމާއި ޓްރާންސްޕްލާންޓް ކުރުމަށްޓަކައި، މީހެއްގެ ގުނަވަނެއް ނުވަތަ ގުނަވަނުން ބައެއް ވިއްކުން ނުވަތަ ގަތުން ކުށެއްގެ ގޮތުގައި ހިމަނާފައިވެއެވެ.
ހަމައެހެންމެ މަނާ ކަންކަމުގެ ގޮތުގައި ޓްރާންސްޕްލާންޓް ކުރުމުގެ ލައިސަންސްނެތި ޚިދުމަތް ދިނުމާއި، ޞައްޙަނޫން މަޢުލޫމާތު ހުށަހެޅުމާއި، އެނޫން ކަންކަން ހިމަނައި އަދަބުތައް ކަނޑައަޅާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު