ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު
މަޖިލީހުގެ ރިޔާސަތުން ޤަވާއިދާ ޚިލާފަށް މަޖިލީސް ހިންގަވާނަމަ އެހެން ވިސްނުމަކަށް ދާންޖެހިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޑރ. ޝަމްހީދު ވިދާޅުވީ، މަޖިލީހުގެ ރައީސް ޖަލްސާތައް ކުރިއަށް ގެންދަވަނީ ގާނޫނުއަސާސީގެ 98 ވަނަ މާއްދާ އާއި މަޖިލީހުގެ ގަވާއިދުގެ 80 ވަނަ މާއްދާ އާއި 81 މާއްދާއާ ޚިލާފަށް ކަމަށެވެ.

އެގޮތުން ދައުލަތުގެ ވަޒީރުންނާ ކުރުމަށް މެންބަރުން ފޮނުއްވާފައިވާ ސުވާލުތަކުގެ ޖަވާބު ހޯދުމަށް، ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ވަޒީރުން މަޖިލީހަށް ހާޒިރު ނުކުރެއްވުމަކީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުގެ ބާރު ކަނޑުވާލުން ކަަމަށް ޝަމްހީދު މިއަދު ވިދާޅުވިއެވެ. އަދި މަޖިލީހަށް ޖަވާބުދާރީ ވުމަށް ވަޒީރުން މަޖިލީހަށް ފޮނުއްވުމަކީ، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ވެސް ލާޒިމް ކުރާކަމެއް ކަމަށް ޝަމްހީދު މިއަދު ވިދާޅުވެފައިވެއެވެ.

"މިއަދުން ފެށިގެން މަޖިލީހުގެ ރައީސްގެ މައްޗަށް މަޖިލީހުގެ ގަވައިދުގެ 42 ވަނަ މާއްދާ އާއި 43 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަން ފަށާނެ ވާހަކަ، އެކަން އަޅުގަނޑުމެން ފަށްޓާނެ ވާހަކަ ހާމަކުރަން." ޑރ. ޝަމްހީދު ވިދާޅުވިއެވެ.

އޭގެއިތުރުން މަޖިލީހަށް ޖަވާބުދާރީވުމަށް ވަޒީރުން ޙާޟިރު ނުކުރެވޭނަމަ މަޖިލީހުގެ ޖަލްސާތައް އެޖެންޑާ ނުކުރުމަށްވެސް ޑރ. ޝަމްހީދު އެދިވަޑައިގެންނެވިއެވެ.

ޑރ. ޝަމްހީދު މިއަދު ފާހަގަ ކުރެއްވި މަޖިލީހުގެ ގަވައިދުގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، މަޖިލީހުގެ ރައީސްގެ މަގާމު ހުސްވެއްޖެނަމަ ނުވަތަ މަޖިލީހުގެ ރައީސް، މަގާމުގެ ވާޖިބުތައް އަދާކުރަން އުޒުރުވެރިވެއްޖެނަމަ އެޙާލަތުގައި ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށެވެ.

އަދި ގަވައިދުގެ 43 ވަނަ މާއްދާގައި އޮތީ އެ ނޫން އެހެން ހާލަތްތަކުގައި ވެސް މަޖިލީހުގެ ޖަލްސާއެއްގެ ނުވަތަ ޖަލްސާއެއްގެ ބައެއްގެ ރިޔާސަތު ބަލަހައްޓަން މަޖިލީހުގެ ނައިބު ރައީސާ ހަވާލުކުރެވިދާނެ ކަމަށެވެ.

ގާނޫނުއަސާސީގެ 98 ވަނަ މާއްދާގައި ބުނަނީ، ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ނުވަތަ ސަރުކާރުގެ އެހެންވެސް މަގާމެއްގައި ހުރި މީހަކު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމަށާއ،ި އެ މީހަކު އަދާކުރާން ޖެހޭ ޒިންމާ އާއި މަސްއޫލިއްޔަތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތީން އެ މީހަކާ ކުރެވޭ ސުވާލުތަކަށް ތެދުބަހުން ޖަވާބުދިނުމަށާއ،ި އެ މީހަކު އަދާކުރާން ޖެހޭ ޒިންމާތަކާއި، މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން އެ މީހަކަށް އެންގިދާނެ ކަމަށެވެ.

އޭގެއިތުރުން މަޖިލީހުގެ ގަވާއިދުގެ 81 ވަނަ މާއްދާގައި ބުނަނީ މެންބަރަކަށް ވަޒީރަކާ ސުވާލު ކުރެވޭނ،ީ އެ ވަޒީރަކާ ކުރަން ބޭނުންވާ ސުވާލުގެ ނޯޓިސް މަޖިލީހުގެ ރައީސް މެދުވެރިކޮށް އެ ވަޒީރަކަށް ލިޔުމުން ފޮނުވައ،ި 14 ދުވަހުގެ މުއްދަތު ދިނުމަށްފަހު، މަޖިލީހުގެ ޖަލްސާއެއްގައި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު