ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު 13.6 މިލިއަން ސިނގިރޭޓުގެ މައްސަލަ އާދައިގެ މުވައްޒަފެއްގެ ބޮލަށް ކަނޑާލާފައި ސަރުކާރަށް ސަލާމަތް ނުވެވޭނެ ކަމަށް ކުރީގެ ދާޚިލީ ވަޒީރު އިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.
މި ސިނގިރޭޓުތައް އަތުލައިގަތީ މިއަހަރުގެ އޭޕްރީލްމަހުގެ 26 ވަނަ ދުވަހު، ހުޅުމާލޭ ސީ ކާގޯ ޓަރމިނަލުންނެވެ. އެގޮތުން މުޅިއެކު 13،600،000 ސިނގިރޭޓު ސްޓިކް ހޯދާފައިވާ ކަމަށް ކަސްޓަމްސްއިން ވަނީ ހާމަކޮށްފައެވެ.
އެކަމާ ގުޅިގެން އިމްރާން ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ބޮޑުންގެ ބަޔަކާ ގުޅިގެން ރާވައިގެން ވަގަށްނެގި 13.6 މިލިއަން ސިނގިރޭޓުގެ މައްސަލަ އާދައިގެ މުވައްޒަފަކަށް ފޫޅުކަނޑާލާފައި ސަރުކާރަށް ސަލާމަތް ނުވެވޭނެ ކަމަށެވެ.
އަދި މިމައްސަލައިގެ މިނިވަން ތަހުގީގެއް ރައްޔިތުންގެ އިތުބާރު އޮތް ބަޔަކު ލައްވައި ހިންގުމަށް އިމްރާން ވަނީ ރައީސް މުއިއްޒަށް ގޮވާލަށްވާފައެވެ.
އިމްރާން މިގޮތަށް ގޮވާލައްވާފައިވާއިރު، ރާއްޖެއަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓް އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުޅުމާލެ ބަނދަރުގައި ހުއްޓާ ވަނީ ވަގަށް ނަގާފައެވެ. މި ސިނގިރޭޓުތައް ވަގަށް ނަގާފައިވާކަން ކަސްޓަމްސް އަށް އެގިފައިވަނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލުނު ސިނގިރެޓް ކޮންޓެއިނަރތައް އެތެރެކޮށްފައި ވަނީ "ބިންލާދިން ގްރޫޕް"ގެ ނަމުގައެވެ. އަދި މި ގެއްލުނު ސިނގިރެޓްގެ ޑިއުޓީގެ ގޮތުގައި 122 މިލިއަނަށް ވުރެ ބޮޑު އަދަދެއް ދައުލަތަށް ލިބޭނެކަމަށް ވެއެވެ.
ދުންފަތް ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ސިނގިރޭޓާއި ދުންފަތާއި ދުންފަތުގެ އިސްތިޢުމާލު ކުރަން ބޭނުންކުރާ އާލާތްތަކުން ނަގާ ޑިއުޓީ ވަނީ ވަރަށް ބޮޑުތަނުން ބޮޑުކޮށްފައެވެ. މިއާއި ގުޅިގެން ރާއްޖެއަށް ވަގަށް ސިނގިރޭޓު އެތެރެ ކުރުމާއި، ވަގަށް އެތެރެކުރާ ސިނގިރޭޓުގެ ތެރެއިން ކަސްޓަމްސްއިން ހިފަހައްޓާ ސިނގިރޭޓް ގެއްލުމުގެ މައްސަލަތައް ދަނީ ޢާއްމުވަމުންނެވެ.
މި 1360 ކޭސް ސިގިރޭޓް ގެއްލުނު މައްސަލައިގެ ތަހުގީގު ކަސްޓަމްސް އާއި ފުލުހުން ގުޅިގެން މިހާރު ވަނީ ފަށާފައެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ބޮޑުންގެ ބަޔަކާ ގުޅިގެން ރާވައިގެން ވަގަށްނެގި 13.6 މިލިއަން ސިނގިރޭޓުގެ މައްސަލަ އާދައިގެ މުވައްޒަފަކަށް ފޫޅުކަނޑާލާފައި ސަރުކާރަށް ސަލާމަތެއް ނުވެވޭނެ!
— Imran Abdulla (@ShimranAb) October 13, 2025
މިމައްސަލައިގެ މިނިވަން ތަހުގީގެއް ހިންގަންޖެހޭ!
ރައްޔިތުންގެ އިތުބާރު އޮތް…
އިމްރާން މިގޮތަށް ގޮވާލައްވާފައިވާއިރު، ރާއްޖެއަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓް އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުޅުމާލެ ބަނދަރުގައި ހުއްޓާ ވަނީ ވަގަށް ނަގާފައެވެ. މި ސިނގިރޭޓުތައް ވަގަށް ނަގާފައިވާކަން ކަސްޓަމްސް އަށް އެގިފައިވަނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލުނު ސިނގިރެޓް ކޮންޓެއިނަރތައް އެތެރެކޮށްފައި ވަނީ "ބިންލާދިން ގްރޫޕް"ގެ ނަމުގައެވެ. އަދި މި ގެއްލުނު ސިނގިރެޓްގެ ޑިއުޓީގެ ގޮތުގައި 122 މިލިއަނަށް ވުރެ ބޮޑު އަދަދެއް ދައުލަތަށް ލިބޭނެކަމަށް ވެއެވެ.
ދުންފަތް ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ސިނގިރޭޓާއި ދުންފަތާއި ދުންފަތުގެ އިސްތިޢުމާލު ކުރަން ބޭނުންކުރާ އާލާތްތަކުން ނަގާ ޑިއުޓީ ވަނީ ވަރަށް ބޮޑުތަނުން ބޮޑުކޮށްފައެވެ. މިއާއި ގުޅިގެން ރާއްޖެއަށް ވަގަށް ސިނގިރޭޓު އެތެރެ ކުރުމާއި، ވަގަށް އެތެރެކުރާ ސިނގިރޭޓުގެ ތެރެއިން ކަސްޓަމްސްއިން ހިފަހައްޓާ ސިނގިރޭޓް ގެއްލުމުގެ މައްސަލަތައް ދަނީ ޢާއްމުވަމުންނެވެ.
މި 1360 ކޭސް ސިގިރޭޓް ގެއްލުނު މައްސަލައިގެ ތަހުގީގު ކަސްޓަމްސް އާއި ފުލުހުން ގުޅިގެން މިހާރު ވަނީ ފަށާފައެވެ.
ކިޔުންތެރިންގެ ހިޔާލު