ޑރ. ޝީނާ މޫސާ
ޑރ. ޝީނާ މޫސާ
ކޮވިޑް-19ގެ ކުރިން އުޅުނު އާންމު ހާލަތަށް އަނބުރާ ދެވޭނީ އެ ބައްޔަށް ވެކްސިނެއް ލިބުމުން ކަމަށް ޑރ. ޝީނާ މޫސާ މިރޭ ވިދާޅުވެއްޖެ އެވެ.

އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން ޑރ. ޝީނާ މޫސާ ވިދާޅުވީ ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމަށް ފަހު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް ރާއްޖެ އޮތީ "ގްރީން ޒޯން" ގައި ނޫން ކަމަށް ޑރ.ޝީނާ ވިދާޅުވިއެވެ. ބަލީގެ ހާލަތަށް ބެލުމަށް ފަހު ފިޔަވަޅުތަކަށް އެޗްޕީއޭއިން ލުއި ދެމުން ގެންދާނެ ކަމަށާއި، އެހެން ނަމަވެސް އަދި މިއީ އެ ވަގުތު ނޫން ކަމަށް ޑރ.ޝީނާ ވިދާޅުވިއެވެ.

ކޮވިޑްގެ ކޭސްތައް އެކަށީގެންވާ މިންވަރަކަށް މަދުވުމުން ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް ކުރިން އުޅުނު އާންމު ހާލަތަށް ނުދެވޭނެ ކަން ޑރ.ޝީނާ ފާހަގަކުރެއްވި އެވެ. އަދި އާންމު ހާލަތަށް ދެން ދެވޭނީ ކޮވިޑަށް ވެކްސިނެއް ލިބުމުން ކަމަށް ވެސް ޑރ.ޝީނާ ވިދާޅުވި އެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ދެތިން ހަފްތާ ވަންދެން ހިފަހައްޓާލުން ރަނގަޅު ކަމަށް ޑރ.ޝީނާ ވިދާޅުވިއެވެ.

"އޭރުން ބަލި ފެތުރޭ މިންވަރު އިތުރަށް ދަށްވެގެން ދާނެ. ރައްކާތެރިއެއް ނޫން ފިޔަވަޅުތައް ނަގާކަށް. ދެތިން ހަފްތާ ވަންދެން އަދި ހިފަހައްޓާލަން އެބަޖެހޭ." ޑރ.ޝީނާ ވިދާޅުވިއެވެ.

ރައްކާތެރިކަމަށް ނުބަލައިފި ނަމަ އަނެއްކާވެސް ބަލި ފެތުރުން އިތުރުވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ޑރ.ޝީނާ ވަނީ ދެއްވާފައެވެ. މިއަދު ރާއްޖެ އިން ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގައި ބަލިޖެހުނު މީހުންގެ އަދަދު ވަނީ 9،939 އަށް އަރާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން