ސިނގިރޭޓް ވައްކަމާއެކު ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަންތައްތަކެއް މިވަނީ ފެންމަތިވެފައި ކަމަށް އެމް.ޑީ.ޕީގެ ޕީ.ޖީ ލީޑަރ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.
ނާޒިލް މިހެން ވިދާޅުވީ، ހުޅުމާލޭ ވިޔަފާރި ބަނދަރުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރު ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުއްލި މައްސަލަ ހުށައަޅުއްވަމުންނެވެ.
އެގޮތުން ނާޒިލް ވިދާޅުވީ، ދަޢޫލަތުގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓުތަކެއް އެގޮތަށް ވަގަށް ނެގުމަކީ ކަސްޓަމްސްއާއި ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އިހުމާލު އޮތް ކަމެއް ކަމަށާއި އެހާ ދޯހަޅިކޮށް ވިޔަފާރި ބަނދަރުގައި ކަންތައްތައް ހިނގުމަކީ ގައުމީ ސަލާމަތަށް އިންތިހާއަށް ނުރައްކާވެދާނެ ކަމެއް ކަމަށެވެ.
އަދި މަނާތަކެތި އެތެރެކޮށް އެމްޕީއެލްގެ ބަނދަރުގައި ހުރި ކޮންޓެއިނަރުތަކަކުން އެތަކެތި ވަގަށް ގެންދެވޭނަމަ އެ ނޫން ތަކެތި ވެސް އެތެރެކުރުމާއި، ހިފަހައްޓާ ތަކެތި ވަގަށް ނެގުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އެގޮތުން ރާއްޖެއަށް އެތެރެކުރުން މަނާ އެހެން ޒާތްޒާތުގެ ތަކެތިވެސް އެތެރެކުރުމުގެ ފުރުސަތު އޮވެދާނެ ކަމަށް ކުއްލި މައްސަލައިގައި ނާޒިލް ފާހަގަކުރެއްވިއެވެ.
ނާޒިލްގެ މިމައްސަލަ ބަލައިގަތުމާ މެދު މިއަދު ވޯޓަށް އެހުމުން 42 މެންބަރުންގެ ތެރެއިން 34 މެންބަރުން ވޯޓު ދެއްވީ މައްސަލަ ބޭރުކޮށްލުމަށެވެ.
ނާޒިލް މި މައްސަލަ މަޖިލީހަށް ހުށައަޅާފައިވާއިރު، ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިއަހަރުގެ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓޭނަރުގައި ހުރި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ހުއްޓައި ގެއްލުނު މައްސަލައިގައި ރާއްޖޭގެ މަޝްހޫރު ދެ ވިޔަފާރިވެރިއަކު ރޭވަނީ ހައްޔަރު ކޮށްފައެވެ.
ސިނގިރެޓް ކޮންޓޭނަރުތައް ވަގަށް ނެގި މައްސަލާގައި ރޭ ފުލުހުން ހައްޔަރު ކޮށްފައިވަނީ ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯ ހޯލްޑިންސްގެ ސީއީއޯ މުހައްމަދު ވަހީދު (ދިގަލި) ހިމެނޭހެން ހަތަރު މީހެކެވެ. މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހެއްގެ ފުރުން މަނާކުރެވިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. މީގެ އިތުރުން، މައްސަލައާ ގުޅިގެން ބައެއް އުޅަނދުތަކާއި ތަންތަން ބަލައި ފާސްކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
ރާއްޖެއަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ޕޯޓުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި ރާއްޖެއަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ކަސްޓަމްސް އިން ހިފަހައްޓައި އެމްޕީއެލްގެ ހުޅުމާލޭގެ ބަނދަރުގައި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ސިނގިރޭޓް ނެތް ކަން ފާހަގަވީ މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭގަ އެވެ. އެ މައްސަލަ ކަސްޓަމްސް އާއި ފުލުހުން ގުޅިގެން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު