މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-
ސައިބަރ ކްރައިމް ހުއްޓުވުމަށް ގައުމުތައް ގުޅިގެން މަސައްކަތް ކުރާ އދ.ގެ މުއާހަދާ "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ސައިބަރކްރައިމް" ގައި ރާއްޖޭން ބައިވެރިވާން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ސައިބަރ ކްރައިމް ހުއްޓުވުމުގެ މުއާހަދާ ރާއްޖޭން ބަލައިގަނެ، ތަސްދީގުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ހުށަހެޅުއްވީ މި މަހުގެ 14ވަނަ ދުވަހުއެވެ.

މިއީ ސައިބަރ ކްރައިމް ހުއްޓުވުމަށާއި އެކަމާ ދެކޮޅަށް ފިޔަވަޅުތައް އެޅުމާ ގުޅޭގޮތުން ހުށަހަޅާފައި ބައިނަލްއަގުވާމީ ފުރަތަމަ މުއާހަދާއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އދ. ގަރާރަކުން ފާސްކޮށްފައިވާ މި މުއާހަދާގައި ސޮއިކުރުމުގެ ކަންކަން މިމަހު 25 އިން 26 އަށް ވިއެޓްނާމުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި މުއާހަދާގައި ބައިވެރި ވުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުވި މައްސަލަ ދިރާސާކުރުމަށްފަހު މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ އެ ކަަމަށް މަޖިލީހުން ރުހުންދޭން ފެންނަކަމަށް ފާސްކޮށް ތަޅުމަށް ފޮނުވާފައެވެ.

އެހެންކަމުން އެ މުއާހަދާގައި ބައިވެރިވުމުގެ ހުއްދަަ ދޭން މަޖިލީހުން ފާސްކުރީ މިއަދުގެ ޖަލްސާގައި ތިއްބެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކުގައެވެ



ކިޔުންތެރިންގެ ހިޔާލު