އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެންނަން ފެނޭތޯ ބެލުމަށް ބާއްވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި ވަކި ބަޔަކަށް ބައިވެރިވެވޭގޮތަށް އޮތުމުން އެކަމާ ގުޅިގެން އުފެދޭ މުހިންމު ސުވާލުތަކެއް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ކުރައްވައިފިއެވެ.
އައްޑޫ ފޭދު އާއި ހުޅުދޫ އަދި މީދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް ހުޅުދު އާއި މީދު އާއި ފޭދޫގެ ރައްޔިތުންގެ މެދުގައި އާންމު ވޯޓު ނެގުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައެވެ. އަދި ހުޅުދު އާއި މީދޫ، އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި އެ ދެ ރަށުގައި އެއް ކައުންސިލް (އައްޑޫ ހުޅުމީދޫ ކައުންސިލް) އުފައްދަން ފެނޭތޯ ބެލުމަށް ވެސް އެ ވޯޓުގައި ހިމެނުމަށް ވަޒީރުންގެ މަޖިލީހުން ނިންމިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މި ވޯޓުގައި ބައިވެރިވެވޭނީ ހުޅުދޫ އާއި މީދޫ އާއި ފޭދޫގެ ރައްޔިތުންނަށް އެކަނި ކަމަަށެވެ.
މިކަމަށް އިޝާރާތްކުރައްވައި އެކްސްގައި ހިއްސާކުރި ޕޯސްޓުގައި އަލީ ވަނީ މާދަމާ ކުޑަރިކިލު މީހުން ނިކުމެ ބާ އަތޮޅާ ވަކިން އޮންނަ އަތޮޅެއްގެ ގޮތުގައި ކުޑަރިކިލު އަތޮޅު ހަމަޖައްސަން އެދިއްޖެނަމަ އެކަމާ ގުޅޭތުން ނަގާ ވޯޓެއްގައި ވޯޓުލުމުގެ ހައްގު އޮންނާނީ ކުޑަރިކިލު މީހުންނަށް އެކަނިތޯ ވިދާޅުވެ ސުވާލު ކުރައްވާފައެވެ.
އަދި މަކުނުދޫ މީހުން ރާއްޖެއިން ވަކިވާން ބޭނުންވެއްޖެނަމަ އެ ވޯޓުގައި ބައިވެރިވެވޭނީ ކޮންބަޔަކަށްތޯ ވިދާޅުވެވެސް އަލީ ހުސައިން ވަނީ ސަރުކާރާ ސުވާލުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު