މުޅި އާއިލާވެސް އޮތީ ވީހާލެއްގައިވާން ރައީސް ޞާލިހުއާއިއެކުގައި ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެ އެވެ.
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ ވޯޓާއި ގުޅިގެން އުފެދިފައިވާ ޚިޔާލް ތަފާތު ވުންތަކާއިއެކު މެމްބަރު ހުސެއިން ޝަހީމް ވަނީ ރައީސް ޞާލިހުގެ ފަޅިއިޚްތިޔާރު ކުރަށްވާފައެވެ. މިނިސްޓަރ ފައްޔާޒް މަޤާމުން ވަކިކުރުމަށް ރައީސް ނަޝީދު އިސްކޮށް ހުންވައިގެން ސޮއިހޯއްދަވަން ކުރައްވަމުންދިޔަ މަސައްކަތުގައިވެސް އަނދުން ހުސައިން ވަނީ އެ ލިސްޓުގައި ސޮއިވެސް ކުރައްވާފައެވެ.
ނަމަވެސް އޭނާ ވަނީ ފަހުން ރައީސް ޞާލިހާއި ބައްދަލު ކުރެއްވުމަށްފަހު އެކަން ބަދަލު ކުރައްވައި މިނިސްޓަރ ފައްޔާޒުގެ ދިފާއުގައި މަސައްކަތް ކުރައްވަން ފަށްޓަވާފައެވެ. ރައީސް ޞާލިހާއި ބައްދަލުކުރެއްވުމަށްފަހު އަނދުން ހުސެއިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "އަޅުގަނޑު އަބަދުވެސް މި ހުރީ ވީހާލެއްގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކުގައި ވާން،" ކަމަށެވެ. އެ ޓުވީޓުގައި އިތުރު އެއްވެސް ތަފްސީލެއް އޭނާ ނުދެއްވައެވެ.
އޭނާ ވަނީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހަށް އިންތިޚާބް ކާމިޔާބުވެ ވަޑައިގެންނެވިތާ ދެއަހަރު ފުރުނު ދުވަސް ފާހަގަކުރަށްވައި ޓްވީޓެއްވެސް ކުރައްވާފައވެ. މި ޓްވީޓުގައިވެސް އޭނާވަނީ ރައީސް ޞާލިހާއިއެކު މުޅި އާއިލާ އޮތްކަން ހާމަކުރަށްވާފައެވެ. އަދި ޤައުމު ސަލާމަތްކޮށް އަމާން އައްސޭރިއަކަށް ގެންދެވުމުގައި ރައީސް ޞާލިހު ކުރައްވާ މަސައްކަތުގައި ސާބިތުކަމާއިއެކު ހުންވާނެކަމަށް އަދުން ހުސެއިން ވަނީ ވިދާޅުވެފައެވެ.
"ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އަރިހުގައި މުޅި އާއިލާ ވާނަމޭ ސާބިތުކަމާއިއެކު ޤައުމު ސަލާމަތް ކުރުމުގައި. އިންތިޚާބް ކާމިޔާބްކުރިތާ 2 އަހަރު މަރުހަބާ ހުރިހާ ރައްޔިތުން." އަދުން ހުސެއިން ވިދާޅުވި އެވެ.
ރައީސް ނަޝީދާއި ވަރަށް ގާތް ގުޅުމެއް މީގެކުރިން ބާއްވަވަމުން ގެންދެވި އަނދުން ހުސެއިންއަށް މިއައި ކުށްލި ބަދަލާއި މެދު ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފަށްދައި ފާޑުކިޔާފައެވެ. ރައީސް ނަޝީދު ހަލާކުކޮށްލުމުގައި އެންމެ އަރިހުގައި، "މާ ގާތް، އިޚުލާސްތެރި އަކަށް ވެގެން އުޅުއްވި ނަމަވެސް އޭނާގެ ހަގީގަތް އެނގޭ ކަމަށް ބައެއް މީހުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު