ރާއްޖޭގެ އިޤްތިޞާދީ ހާލަތުން އަރައިގަތުމަށާއި، ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ގައުމުތަކުން ދޭ ހިލޭ އެހީއާއި ލޯނުތަކުގެ ފަހަތުން އެޤައުމެއްގެ ކުންފުނިތައް ގެނެސް އެމީހުން ލައްވާ އެކަން ކުރާނަމަ ދިވެހި ރައްޔިތުންނަށް އެކަމުންވާނެ ފައިދާއެއް ނެތްކަމުގައި ސައިރިކްސް ކޮލެޖްގެ ޗެއާމަން އަހުމަދު ޝަރީފް (ސައިރެކް ޝަރީފް) ވިދާޅުވެއްޖެ އެވެ.

މިފަހަކަށް އައިސް ރާއްޖޭގެ ތަރައްގީގެ އެކި މަޝްރޫޢުތަކަށް އިންޑިއާއިން އެހީއާއި ލޯނާއި ކްރެޑިޓްލައިނާއި މާލީ ޕެކޭޖްތައް ދިނުމަށްފަހު އެފައިސާއިން ހިންގާ މަޝްރޫޢުތައް ހިންގުމަށް އިންޑިއާގެ ކުންފުނިތަކާއި ހަވާލުކުރަމުން ގެންދާ މައްސަލައިގައި ގިނަ ބައެއްގެ ފަޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. އެގޮތުން އިންޑިއާއިން އެހީ ދީގެން ހިންގާ ކުދިކުދި މަޝްރޫޢުތައް ހިންގުމަށް ވެސް އިންޑިއާގެ ކުންފުނި ތަކާއި ހަވާލުކުރާ މައްސަލައިގައި ރާއްޖޭގެ ކުންފުނި ތަކުން އަންނަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔަމުންނެވެ.

މިމައްސަލައިގައި ޚިޔާލުފާޅު ކުރައްވަމުން ޝަރީފް ވިދާޅުވީ މިއަދު ފެނިގެން މިދަނީ ހެޔޮ އެދިގެން ދޭ ލޯނާއި ފައިސާގެ ފަހަތުން އިންޑިޔާގެ ވިޔަފާރިވެރިންނާއި، ކުންފުނިތައް އަންނަތަންކަމަށެވެ. ދިވެހިންގެ ކަންކަން ކުރުމަށާއި، ދިވެހިންގެ ތަރައްޤީގެ މަސައްކަތް ތަކަށް ނަގާ ލޯނުތަކުން ކުރާ ކަންކަން ނިންމުމުގެ ބާރުވެސް މިއަދު ދިވެހިންނަށް ނެތްކަމަށް ޝަރީފް ވިދާޅުވިއެވެ.

"ރާއްޖެއަށް ލިބޭ ހިލޭ އެހީގެ ނަމުގައި ފައިސާދީފައި، އެފައިސާގެ ފަހަތުން އެޤައުމުގެ ވިޔަފާރިވެރިއެއް ފޮނުވައި އެފައިސާގެ ޕްރޮޖެކްޓް ދިނީމާ އޭގެން ދިވެހިންނަށް ލިބޭނެ ފައިދާއެއް ނެތް. ދިވެހިން ދައްކާ ގޮތަށް ލޯނު ނަގައިފިއްޔާ އެ ލޯނު ޚަރަދުކުރާނެ ގޮތެއް ނިންމަން ޖެހޭނީ ދިވެހިން." ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދު ފެންނަނީ ހެޔޮއެދިގެންކަމަށްބުނެ އިންޑިޔާ ސަރުކާރުން ދިވެހިންނަށް ދޭ ލޯނުތަކާއި، ފައިސާތަކުގެ ފަހަތުން އެމީހުންގެ މީހުން އައިސް އެއިން ޚަރަދު ކުރަންޖެހޭ ކަންކަމާއި، ގޮތާއި، މަަސައްކަތް ކުރާނެ މީހުންވެސް އެމީހުން ކަނޑައަޅާތަން ކަމަށެވެ. މިއީ މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި އޮވެ ދިވެހި ރައްޔިތުންގެ މިނިވަންކަން ގެއްލިގެންދާ ގޮތަށް ސަރުކާރުން ދޫ ދީފައިވާ ނުރައްކާތެރި ކަމެއްކަމަށް ޝަރީފް ވިދާޅުވި އެވެ.

"އިންޑިޔާ ސަރުކާރުން ލޯނު ދީފަ، އިންޑިޔާ ސަރުކާރުން އެ ލޯނު ހޭދަކުރާނެ ދާއިރާ ނިންމާފައި، އެލޯނުން ކުރާ މަސައްކަތުގެ އަގު ކަނޑައަޅައި، ލޯން ޚަރަދު ކުރާނެ މީހުން ކަނޑައަޅައި، ޕްރޮޖެކްޓް ދޭނެ މީހުން ކަނޑައަޅައި، އިންޑިޔާގެ ސެކިއުރިޓީއަށްޓަކައި، ރާއްޖެއިން ދޫދިނުން ރަނގަޅެއްނޫން. ރާއްޖެއަށް މިހާރު ލިބިފައި އޮތް ކުރިއެރުމާއި، ރާއްޖެއަށް ލިބިފައި އޮތް ގުދުރަތީ ވަސީލަތްތަކުގެ މުއްސަދިކަން ބޭނުން ކޮށްގެން އެހެން ޤައުމުތަކުގެ ފޫބުޑަށް ނުވެއްޓި ރާއްޖޭގެ އާބާދީގެ ދިރިއުޅުމުގެ ފެންވަރު މަތިކުރެވެން އެބައޮތް. އެކަންކުރަން ދިވެހިން ވޯޓު ދީގެން ސަރުކާރު ގެނައީ." ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެއިން އެކުލަވާލާފައިވާ މުއާހަދާތަކާއި، ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ އެކި ކަންކަމުގައިވެސް ފާއިތުވެދިޔަ 40 އަހަރުގެ ތެރޭގައިވެސް ދިވެހިންގެ ކަންކަން ނިންމުމުގެ ބާރާއި އިޚްތިޔާރު ދިވެހިންގެ އަތްމަތީގައި އޮތްކަމަށެވެ. އެމްއޯޔޫތަކާއި، އެ އެއްބަސްވުންތަކަށް ބޭރުގެ ބޮޑެތި ބާރުތަކުން އިޚްތިރާމްކޮށް ކަމޭ ހިތިއިރު މިއަދު އެކަން އަތުން ދޫވެ މިނިވަންކަން ގެއްލިދާ ހިސާބަށް ކަންކަން ގޮސްފައިވާކަމަށް ޝަރީފް ވިދާޅުވި އެވެ.

"ޔޫއެންގެ ދަށުގައި ރާއްޖެ ލީސްޓް ޑިވެލޮޕްޑް ކަންޓްރީސްގެ ލިސްޓުގައި ހިމެނުނީ 1971ގައި. އެލްޑީސީ ކެޓަގަރީ ގެ ލިސްޓުން ނެގުނީ 2011 ގައި. އެލްސީޑީގެ ދަށުގައި އޮތް 40 އަހަރުގެ ތެރޭގައި ޔޫއެން ގެ އެޖެންސީތަކުން އަދި ޖަޕާން، ޔޫއެސް، އީޔޫގެ ޤައުމުތަކުން ރާއްޖެ ތައްޔާރުކޮށްދިން އަމިއްލަ ފައި މަތީގައި ކުރިއަށްދާން." ޝަރީފް ވިދާޅުވި އެވެ.

އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް މިދަނޑިވަޅުގައި ބޮޑެތި އެހީތަކެއް ދެމުންދާއިރު އެ އެހީތަކުން ހިންގާ މަސައްކަތް ކުރާނެ ގޮތް ބުނެދީ، ނިންމައި މަސައްކަތް ކުރާނެ މީހުންވެސް ގެންނަނީ އިންޑިއާއިންނެވެ. މިގޮތުން ހަނީމާދޫ އެއަރޕޯރޓް ތަރައްގީ ކުރުމަށް ލޯނު އެހީ ދިނުމަށްފަހު އެއާޕޯރޓް ސާވޭ ކުރުމާއި ހަމައިން އެތަން ތަރައްގީ ކުރާނެ ގޮތާއި ޕެލޭނާއި މަސައްކަތުގެ ތާވަލާއި އެ މަޝްރޫޢުން ނުކުންނާނެ ނަތީޖާ ވެސް ހާމަ ކުރަނީ ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރުގެ އޮފީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު


7

ކިނބޫ

29-Sep-2020

ކަލޯއަށް އެއްޗެއް ނުލިބުނީތަ? މަރުދަން ޖެހުނީމަ ވީ ތިވަރު? ދެން ކީރިތި ކޮށްބަލަ! ހަމްދަރުދީވަން


2

ބޭކާރު ސަރުކާރު

29-Sep-2020

ސަރުކާރެއް ހިންގަންނޭނގުނީމާ ބައެއްގެ ފައިބުޑަށް ވެއްޓިގެން ތިމާމެންގެ ނާޤާބިލުކަން ފޮރުވަން މަސައްކަތްކުރުން މިއޮތީ.


3

ރަހުމާ

29-Sep-2020

ވަރަށް ރަގަޅު ވާހަކައެއް. މިގައުމު މިއަދު މިއީ އިންޑިޔާގެ ސްޓޭތެއް.


5

ރަހުމާ

29-Sep-2020

ވަރަށް ރަގަޅު ވާހަކައެއް. މިގައުމު މިއަދު މިއީ އިންޑިޔާގެ ސްޓޭތެއް.


18

އަލީ ރަޝީދު (އައިސީ)

26-Sep-2020

ތިބާނޫ ނަކަސް ފިތެނަ ފަސާދަ އުފައްދާ މީހުން އުޅޭ ފައެސާ ދިނީމަ ނުކުރަނީ ކޮންކަނެއްތޯ ؟



ޓްރެންޑިން