ޕީއެންސީގެ ނާއިބް ރައީސް  އާދަމް ޝަރީފް އުމަރު
ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު
ގައުމުތަކާމެދު ހަމަހަމަކަން ނުގެންގުޅޭ ނަމަ ނުރައްކާތެރިކަމާ ކުރިމަތިލާން ޖެހޭ ހާލަތަށް ރާއްޖެ ހިނގައިދާނެ ކަމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖޭގެ މީޑިއާއެއްގައި ވާހަކަދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ރާއްޖެ، ހަމައެކަނި އިންޑިއާއަށް ބަރޯސާވެގެން އުޅުމަކީ ގޯހެއް ކަމަށެވެ. އިންޑިއާގެ މައްސަލަ އަކީ މިހާރު ރައްޔިތުން ކަންބޮޑުވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށާއި، ކަންބޮޑުވާ މައްސަލައަކީ އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބޭތީ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.

އަދި ރައްޔިތުން މަޖިލީހުގެ ހުއްދަ ލިބިގެން ނޫނީ އެއްވެސް ގަވފތއުމެއްގެ ސިފައިންނަށް ރާއްޖޭގައި ނުތިބެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ރައްޔިތުން ކަންބޮޑުވަނީ ވަކި ގައުމެއް ވީމަ ނޫން ކަމަށާއި ކޮންމެ ގައުމަކަށްވީ ނަމަވެސް ގައުމެއްގެ އަސްކަރިއްޔާއިން ރާއްޖޭގައި ތިބޭނަމަ އެއީ މައްސަލައެއް ކަމަށެވެ. ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތަށް ނުރައްކާވާނޭ ކަމެއް އެއްވެސް ގައުމަކުން ހިންގުމަކީ ދިވެހިން ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އިންޑިއާއާ މެދު ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދިފައިވަނީ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ކަމަށާއި ސަރުކާރުން ތަންފީޒު ކުރަމުންދާ ސިޔާސަތުތަކުގެ ސަބަބުން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި އެއީ ސަރުކާރުން ތަންފީޒުކުރާ ސިޔާސަތުތައް ދެފުށް ފެންނަ ގޮތަށް ރައްޔިތުންނަށް ހާމަކޮށްދެމުން ނުދާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިންޑިއާއިން މަސައްކަތް ކުރަނީކީ ދިވެހިރާއްޖެ ހިފަން ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. އެހެން ނަމަވެސް ދިވެހިރާއްޖެއަށް ބަރޯސާވަމުން މިހާރު އެދާ މިނުގައި އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުން ފޮރުވިފައިވާނީ އެހެން ކަމެއް." އާދަމް ޝަރީފް ތުހުމަތު ކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން