މޯލްޑިވްސް ކަސްޓަމްސް ސާވިސް-
މޯލްޑިވްސް ކަސްޓަމްސް ސާވިސް-
ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް އާންމުކޮށް، ހާމަކުރުމަކީ ބޭކާރު ކަމެއް ކަމަށް މަޝްހޫރު އިޤްތިޞާދީ މާހިރު، މުޙައްމަދު ނަސީމް (ނަފާ ނަސީމް) ވިދާޅުވެއްޖެއެވެ.

ނަފާ ނަސީމް މިހެން ވިދާޅުވެފައި މިވަނީ ކަސްޓަމްސް އަށް ދައްކަންޖެހޭ ފައިސާ އެކަމަށް އޮންނަ މުއްދަތުގެ ތެރޭގައި ނުދައްކާ މީހުންނާއި ވިޔަފާރިތަކުގެ ނަން ހާމަކުރުމާއި ގުޅޭ އުސޫލެއް ގެޒެޓުކޮށް އެ އުސޫލަށް އަމަލު ކުރަން ފެށުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ނަސީމް ވިދާޅުވީ މިއީ ބޭކާރު ކަމެއް ކަމަށެވެ.

އަދި ފައިސާނުދެއްކިޔަސް، ކޯޓު ހުކުމެއް އޮތަސް، ސަރުކާރުން ސިޔާސީ މަގާމު ދޭން ބޭނުންވީމާ އެބަޔަކަށް ސިޔާސީ މަގާމުތައް ދެމުންގެންދާ ކަމަށް ނަސީމް ވަނީ ފާހަގަކޮށްފައެވެ.

މިގޮތަށް ސަރުކާރުގެ ސިޔާސީ މަގާމުތައް ދެމުންދާއިރު، ފައިސާ ނުދައްކާ މީހުންގެ ނަން ހާމަކޮށް ފޮޓޯ ޖަހަނީ ކީއްކުރަންތީ ވިދާޅުވެ ނަސީމް ވަނީ ސުވާލުކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް