ރައްޔިތުންގެ ތަނަވަސްކަން އިތުރުވާނީ ދަރަނި ކުޑަ ކުރެވިގެން ކަމަށާއި، އެހެންކަމުން ތަރައްޤީގެ މަޝްރޫޢުތައް މަޑުޖައްސާލަންޖެހޭ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ދިވެހިންނަކީ ތަންދޮރު ދަންނަ ހޭލުންތެރި ބައެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވާން އުޅޭ ގޮތް ދިވެހިންނަށް އެނގޭނެ ކަމަށާއި، ރައީސް ނަޝީދު ދައްކާ ވާހަކަ ދިވެހިންނަށް ސާފުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެއާއެކު ތަރައްގީގެ ނަމުގައި ހިންގާ ހުރިހާ އުމްރާނީ މަސައްކަތްތަކެއް ކުރިއަށް ހަތަރު ފަސް އަހަރުގެ މުއްދަތަށް ހުއްޓާލުން މުހިންމު ކަމަށާއި، ތަރައްޤީއަކީ ހަމައެކަނި ކޮންކްރީޓް ނޫންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
"ކުރިއަށް އޮތް އިންތިޚާބުތަކުގެ ޝިއާރަކަށް ވާންވީ 'އިހަށް މަޑުކޮށްލާ'. ދެން ވެރިކަމަށް އަންނަ ރައީސެއް ވަޢުދުވާންވީ މަޑުޖެހިލާން." ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.
އޭގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ، ކޮންކްރީޓަކީ ގިނަ ފަހަރު ދަރަނި ކަމަށާއި، ރައްޔިތުންގެ ތަނަވަސްކަން އިތުރުވާނީ "ބަޖެޓް ސާޕްލަސް (ބާކީ)" އަދި ރިޒާވް އިތުރުކުރުމާއެކު ދަރަނި ކުޑަ ކުރެވިގެން ކަމަށެވެ.
މިވަގުތަށް ތަރައްޤީގެ ޕްރޮޖެކްޓްތައް މަޑުޖައްސާލުމަށް ރައީސް ނަޝީދު ގޮވާލައްވާފައިވާއިރު، ރާއްޖެ އޮތީ އަންނަ އަހަރު ޗައިނާއާއި، އިންޑިއާއަށް ދައްކަން ޖެހޭ ދަރަނިތައް ދެއްކޭފަދަ ޙާލަތެއްގައިތޯ ރައީސް ނަޝީދު އިއްޔެ ވަނީ ސުވާލު އުފައްދަވާފައެވެ.
ރާއްޖޭގެ އިޤްތިސާދީ ހާލަތާމެދު ރައީސް ނަޝީދު ސުވާލު އުފެއްދެވި ނަމަވެސް، މިވަގުތައް ކަންބޮޑުވާން ޖެހޭކަމެއް ނެތްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

Tharahgee ge namugai hingaa hurihaa umraanee masakaiy, hatharu fas aharah huhtaalun muhinmu.
— Mohamed Nasheed (@MohamedNasheed) October 17, 2025
Kuriah oiy inthikhaabu thakuge shiaarakah vaan vee, “ehah madu kohlaa”. Dhen veri kamah anna Raeeseh vadhu vaan vee madujehilaan.
Concrete akee tharahgee eh noon. E ee ginafaharu…
އޭގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ، ކޮންކްރީޓަކީ ގިނަ ފަހަރު ދަރަނި ކަމަށާއި، ރައްޔިތުންގެ ތަނަވަސްކަން އިތުރުވާނީ "ބަޖެޓް ސާޕްލަސް (ބާކީ)" އަދި ރިޒާވް އިތުރުކުރުމާއެކު ދަރަނި ކުޑަ ކުރެވިގެން ކަމަށެވެ.
މިވަގުތަށް ތަރައްޤީގެ ޕްރޮޖެކްޓްތައް މަޑުޖައްސާލުމަށް ރައީސް ނަޝީދު ގޮވާލައްވާފައިވާއިރު، ރާއްޖެ އޮތީ އަންނަ އަހަރު ޗައިނާއާއި، އިންޑިއާއަށް ދައްކަން ޖެހޭ ދަރަނިތައް ދެއްކޭފަދަ ޙާލަތެއްގައިތޯ ރައީސް ނަޝީދު އިއްޔެ ވަނީ ސުވާލު އުފައްދަވާފައެވެ.
ރާއްޖޭގެ އިޤްތިސާދީ ހާލަތާމެދު ރައީސް ނަޝީދު ސުވާލު އުފެއްދެވި ނަމަވެސް، މިވަގުތައް ކަންބޮޑުވާން ޖެހޭކަމެއް ނެތްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު