ވަޅިން ހަމަލާދިން ޒުވާނާ ހޮސްޕިޓަލުގައި އެޑިމިޓްކޮށްފަ
ވަޅިން ހަމަލާދިން ޒުވާނާ ހޮސްޕިޓަލުގައި އެޑިމިޓްކޮށްފަ
މާލޭގައި ވަޅިން ހަމަލާދީ ޒަޚަމްކޮށްލި ޒުވާނާ މަރުއެތިފަހަރުން ސަލާމަތްކޮށްދިނުމުގައި އެހީތެރިވެ އޭނާ ހޮސްޕިޓަލަށް ގެންދިޔަ މީހާ ހޯދަން ޒަޚަމްވި ޒުވާނާ މަސައްކަތް ފަށައިފިއެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގައި ޒުވާނެއްގެ ކަރަށް ވަޅިން ހަމަލާދީފައިވަނީ އާއިލާގެ ތެރޭގައި ޖެހުނު މައްސަލައެއްގައެވެ. ފުލުހުން ވަނީ އެމައްސަލަ އާއި ގުޅިގެން ނަވާރަ އަހަރުގެ މީހަކު ކުށުގެ ވެށިން ހައްޔަރުކޮށްފައެވެ. ހަމަލާދީފައިވަނީ ޒުވާނާގެ ކަރަށެވެ. ޢޭޑިކޭ ހޮސްޕިޓަލުގައި އެ ޒުވާނާ އަށް ފަރުވާ ދެމުންދާއިރު އޭނާގެ އޮޕަރޭޝަނެއް ވެސް މިހާރު ވަނީ ކޮށްފައެވެ.

އޭނާ ފޭސްބުކްގައި ޖެހި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ މިހާރު ނުރައްކަލުން ސަލާމަތްވެފައިވާ ކަމަށެވެ .ޝަހީދު އަލީ ހިނގުމާއި ހަވީރީ ހިނގުން ގުޅުނު ހިސާބުގައި ހިނގި އެ މާރާމާރީގައި އަނިޔާ ލިބުނު މީހާއަކީ މާޗެންޑައިޒް ލީން ފިހާރައިގެ ވެރިމީހާ އެވެ. އެ މާރާމާރީގައި އަނިޔާ ލިބުނު މީހާ މިއަދު ފޭސްބުކްގައި ވަނީ ޕޯސްޓެއް ޖަހާ، އޭނާ ހޮސްޕިޓަލަށް ގެންދިއުމުގައި އެހީތެރިވެދިން މީހާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.

މި ހާދިސާގައި ޒަޚަމްވި މީހާ ވަނީ އޭނާ ހޮސްޕިޓަލަށް ގެންދިއުމުގައި އެހީތެރިވެދިން މީހާއަށް ޝުކުރު އަދާކޮށްފައެވެ. އޭނާ ޝުކުރު އަދާކޮށް ކުރި ޕޯސްޓުގައި އެ މީހާއާ ބައްދަލު ކުރަން ބޭނުންވާ ކަމަަަށް ވަނީ ބުނެފައެވެ.

"މިއީ އިންސާނިއްޔަތު ކަމަކީ، އަހަރެންނަށް ތި ފަރާތުގެ ނަމެއްވެސް ނޭނގޭ. އަދި ގުޅޭނެ ގޮތެއްވެސް ނޭނގެ. ނަމަވެސް ތި ފަރާތުން އަދާ ކުރި ޒިންމާއިން އަހަރެންގެ ފުރާނަ މި ވަނީ ސަލާމަތްވެފައި." އެ މާރާމާރީގައި އަނިޔާ ލިބުނު މީހާ ފޭސްބުކް ޕޯސްޓުގައިވެއެވެ.

އެ ޕޯސްޓުގައި އޭނާ އިތުރަށް ބުނެފައި ވަނީ، އޭނާގެ ފުރާނަ ސަލާމަތް ކޮށްދިން މީހާއަށް އެ ޕޯސްޓް ފެނިއްޖެ ނަމަ، އޭނާއާއި ބައްދަލުކޮށްލަ ދިނުމަށް ވަރަށް ބޮޑަށް އެދޭ ކަމަށް ބުނެފައި ވެއެވެ. އަދި އޭނާ ބައްދަލުކޮށްލަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އެ ޕޯސްޓުގައި އޭނާ ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން