ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ސާކް ސަމިޓް ބޭއްވުމުގެ މަޝްވަރާތައް ކުރިއަށް ގެންދަން މިއީ ރަނގަޅު ވަގުތެއް ނޫން ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ސާކްގެ ފޮރިން މިނިސްޓަރުންގެ ނުރަސްމީ ބައްދަލުވުމުގައި 19 ވަނަ ސާކް ސަމިޓް ޕާކިސްތާނުގައި ބޭއްވުމުގެ މަޝްވަރާ ކުރިއަށް ގެންދަން ހަމަޖައްސާފައި އޮތަސް، އެ މަޝްވަރާ ކުރިއަށް ގެންދަން ގިނަ ގައުމުތަކުގެ ތާއީދެއް ލިބިފައެއް ނުވެއެވެ. ބޭރުގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ކޮވިޑް-19 ގެ ސަބަބުން ބޮޑު ބަލިމަޑުކަމެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި އެފަދަ މަޝްވަރާއެއް ކުރިއަށް ގެންދިއުން ރަނގަޅު ނޫން ކަމަށް އެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

ސާކްގެ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގައި ރާއްޖެއިން އެއްބާރުލުން ދޭނެ ކަމަށް ޝާހިދު ވިދާޅުވި ކަމަށް ބޭރުގެ ބައެއް މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވެއެވެ. ސާކް ސަމިޓް ޕާކިސްތާނުގައި ބާއްވަން ހަމަޖައްސާފައި ވަނިކޮށް އިންޑިއާ އާއި ޕާކިސްތާނު ގުޅޭ ބޯޑަރު ކައިރީގައި އިންޑިއާގެ އަސްކަރީ ކޭމްޕަކަށް ޓެރަރިސްޓުންތަކެއް ދިން ހަމަލާއާ ގުޅިގެން އިންޑިއާ އާއި ރާއްޖެ ވެސް ހިމެނޭ ގޮތުން ސާކްގެ ގިނަ ގައުމުތަކަކުން އެ ސަމިޓް ބޮއިކޮޓް ކުރުމުން ސަމިޓް ވަނީ ކެންސަލްކޮށްފައެވެ. އޭގެފަހުން ޕާކިސްތާނުގައި ސަމިޓް ބާއްވަން އެ ގައުމުން ކުރި މަސައްކަތަށް ސާކްގެ ގިނަ ގައުމުތަކުގެ ތާއީދެއް ލިބިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން