މިހާރު ރާއްޖޭގެ ޕެންޝަން ފަންޑާއި، ރާއްޖޭގެ މަރުކަޒީ ބޭންކު (އެމްއެމްއޭ) އާ ދެމެދު ހަދަމުންދާ ފައިސާގެ ޑީލަކީ ޤާނޫނާ ޚިލާފު ޑީލެއް ކަމަށާއި، މީގެ ސަބަބުން ދުރު ރާސްތާގައި ގައުމަށް ލިބޭ ގެއްލުން ބޮޑުވާނެކަމަށް މަޝްހޫރު އިޤްތިޞާދީ މާހިރު، މުޙައްމަދު ނަސީމް (ނަފާ ނަސީމް) ވިދާޅުވެއްޖެއެވެ.
ނަސީމް މިހެން ވިދާޅުވެފައި މިވަނީ އެމްއެމްއޭ އިން ސަރުކާރުން ނެރޭ ޓްރެޜަރީ ބޮންޑް ގަތުމަށް މަގުފަހިކުރުމަށްޓަކައި ޕެންޝަން ފަންޑަށް 2.5 ބިލިއަން ރުފިޔާ އިންޖެކްޓްކުރަން ނިންމާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވަނިކޮށެވެ.
މިކަމާ ގުޅިގެން ރަސް އަށް ދެއްވި އިންޓަވިއުއެއްގައި ނަސީމް ވަނީ މި ޑީލުގެ ތަފްސީލަށް އަލިއަޅުވާލައްވާފައެވެ.
އެގޮތުން ނަސީމް ވިދާޅުވީ، މިހާރު ހަބަރުތަކުން އިވޭ އަޑުތަކަށް ބަލާއިރު މި މުއާމަލާތުގެ ތެރެއިން ސަރުކާރުން ޕެންޝަންފަންޑަށް 2.5 ބިލިއަންރުފިޔާގެ ޓީބިލެއްވިއްކަން ހަމަޖެހިފައިވާއިރު، އޭގެބަދަލުގައި ޕެންޝަންފަންޑުން ސަރުކާރަށް 2.5 ބިލިއަންރުފިޔާ ދޭނެ ކަމަށެވެ. މި ފައިސާ ބޭނުންކުރާނީ މިހާރުހުރި ބިލްތަކަށް ފައިސާދެއްކުމަށާއި މަޝްރޫޢުތައް ހިންގުމަށް ކަމަށް ސަރުކާރުން ބުނަމުންދާކަމަށް ނަސީމް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޕެންޝަންފަންޑުގެ 2.5 ބިލިއަންގެ ޓީބިލް ސެންޓްރަލްބެންކުން ގަންނަން ނިންމާފައިވާއިރު، އެ ޓީބިލު 5 އަހަރު ދުވަހުގެ ބޮންޑަކަށް ބަދަލު ކުރަން ހަމަޖެހިފައިވާ ކަމަށް ނަސީމް ވިދާޅުވިއެވެ.
ނަސީމް ވިދާޅުވީ މި މުއާމަލާތް މިގޮތަށް ކުރުމަށް ޤާނޫނު އަސާސީން ހުއްދަނުކުރާ ކަމަށެވެ.
"އެގޮތަށް އެ މުއާމަލާތް ހުއްދައެއް ނުވާނެ. 2013 ވަނަ އަހަރު އެކުލަވާލެވި، 2024 ވަނަ އަހަރު އިސްލާހުކުރެވިފަވާ (ފިސްކަލް ރެސްޕޮންސިބިލިޓީ ގާނޫނު) ބުނާގޮތުން ސަރުކާރަށް ކޭޝްފްލޯވ މެނެޖްކުރަން ދަތިވެއްޖެ ހާލަތެއްގައި ސެންޓްރަލްބެންކުން ފައިސާދޫކުރެވޭނީ ނުވަތަ ދަރަންޏަށް ފައިސާ ހޯދޭނީ، ވޭތުވެދިޔަ 3 އަހަރުދުވަހު ދައުލަތަށްލިބުނު އެވްރެޖް އާމްދަނީގެ 2.5% އަށްވުރެ އިތުރުނުވާ މިންވަރަކަށް. އަދި 3 މަސްދުވަހުގެތެރޭގައި އެފައިސާ އަނބުރާދައްކާ ޚަލާސްކުރާގޮތަށް. އެނޫންގޮތަކަށް ފައިސާދެވޭނީ ކާރިސާތަކުގެ ހާލަތުގައެވެ ނުވަތަ މަޖިލިހުން ފާސްކޮށްގެން" ނަސީމް ވިދާޅުވިއެވެ.
ނަސީމް ވިދާޅުވީ ވޭތުވެދިޔަ އެމްޑީޕީ ސަރުކާރުން ކޮވިޑް ޕެންޑެމިކް ހާލަތުގައި ފައިސާޗާޕްކުރީ އެގާނޫނުގައިވާ ކާރިސާގެ ޙާލަތު ބަޔާންކޮށްގެން ކަމަށެވެ.
"ވޭތުވެދިޔަ 3 އަހަރުގެ އެވްރެޖަށް ބަލާއިރު ސަރުކާރުން ބޭނުންވެއްޖެނަމަ މިގާނޫނުގެ ދަށުން، މިހާރު ބިލިއަނެއްހައި ރުފިޔާ ސަރުކާރަށް ސެންޓްރަލްބެންކުން ނެގިދާނެ" ނަސީމް ވިދާޅުވިއެވެ.
ނަސީމް ވިދާޅުވީ ސެންޓްރަލްބެންކުން މިމުއާމަލާތުތެރަށް ވަދެ ޕެންޝަންފަންޑުގެ ޓީބިލްގަނެ އެކަންވާރު 5 އަހަރުގެ ބޮންޑަކަށް ބަދަލުކުރުމަކީ ގޯހެއް ކަމުގައެވެ. އަދި އަމުދުން ދައުލަތުގެ ރިޒާވުގައި އެފަދަ ގާބިލްކަމެއްނެތް ހާލަތެއްގައި މިކަންކުރުމަކީ ޚިޔާނަތެއް ކަމަށް ނަސީމް ވިދާޅުވިއެވެ. އެހެންކަމުން މިކަމުގައި ސަރުކާރާއި އެމްއެމްއޭއިންވެސް ޤާނޫނާ ހިލާފުވަމުންދާ ކަމަށް ނަސީމް ވަނީ ވިދާޅުވެފައެވެ.
މި މުއާމަލާތުގެ ތެރެއިން ދެން ގާނޫނާ ޚިލާފުވަނީ ރާއްޖޭގެ ފިނޭންސް މިނިސްޓަރ ކަމުގައި ނަސީމް ވަނީ ވިދާޅުވެފައެވެ. ނަސީމް ވިދާޅުވީ 2.5 ބިލިއަން ރުފިޔާގެ ކޭޝްފްލޯއެއް މިވަގުތު ގައުމަށް ބޭނުން ނުވާކަމަށެވެ. އަދި ގައުމުގެ އިގްތިސާދު މިހައި ދަށްވެފައިއޮތް ދުވަސްވަރެއްގައި ޚަރަދުތައް ބޮޑުކޮށް އިންފްލޭޝަން މަތިވާގޮތަށް އެވަރުގެ ބޮޑުއަދަދެއްގެ ދަރަންޏެއް ނެގުމަކީ ފިސްކަލް ރެސްޕޮންސިބިލިޓީއާއި ޚިލާފްކަމެއް ކަމަށް ނަސީމް ވިދާޅުވިއެވެ.
"ސަރުކާރުން ޕްރައިވެޓް ފަރާތްތަކަށް ނުދެއްކިހުރި މިހާރުހުރިކަމަށް އަންދާޒާކުރާ 1.5 ބިލިއަން ރުފިޔާގެ ބިލްތަކަށްބަލާއިރު މިހާރުއެކިޔާ އަދަދަކީ އެއަށްވުރެ މާބޮޑުޢަދަދެއް. މިހާރުވެސް ދަރަނި ނުދެއްކިގެންއުޅޭއިރު މިހައިބޮޑު އިތުރު ދަރަންޏެއް އުފެއްދިގެންނުވާނެ" ނަސީމް ވިދާޅުވިއެވެ.
ނަސީމް ވިދާޅުވީ މިކަމުގެ ސަބަބުން ރާއްޖޭގެ ރޭޓިންގ އިތުރަށް ދަށްވެ މިހާރުހުރި ދަރަނިތަކުގެ މިންވަރު ބޮޑުވާނެ ކަމަށެވެ. އަދި މިކަމުން ލިބޭ ވަގުތީ، ސިޔާސީ ނަފާއަށްވުރެ، ދުރު ރާސްތާގައި ގައުމަށް ލިބޭ ގެއްލުން މާ ބޮޑުވާނެ ކަމަށް ނަސީމް ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން މި މުއާމަލާތް ކުރުމުން ދުރުހެލިވުމަށް ރައީސްއަށާއި، ސެންޓްރަލް ބޭންކާއި، ޕެންޝަން ފަންޑާއި، ފިނޭންސް މިނިސްޓްރީގެ ބޭފުޅުންނާއި މަޖިލިސް މެމްބަރުންނަށް ނަސީމް ވަނީ އިލްތިމާސްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު