ގއ. މާމެންދޫގައި ހޯމް ކަރަންޓީންގައި ތިބި ފަސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މާމެންދޫ ކައުންސިލުން ބުނީ، އެ ރަށުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ މިމަހުގެ 13 ވަނަ ދުވަހު އެރަށަށް ދިޔަ ހަތް މީހުންގެ ތެރެއިން ފަސް މީހުން ކަމަށެވެ. އެ ހަތް މީހުންގެ ތެރޭގައި 20 ދުވަހުގެ ކުއްޖަކާއި ހަތަރު އަހަރުގެ ކުޑަ ކުއްޖަކު ވެސް ހިމެނެއެވެ.

އޭގެ އިތުރުން އެރަށުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރޭގައި 29 އަހަރުގެ ފިރިހެނަކާއި، 30 އަހަރުގެ އަންހެނަކާއި، 63 އަހަރުގެ އަންހެނަކާއި، 76 އަހަރުގެ ފިރިހެނެއްގެ އިތުރުން 22 އަހަރުގެ ފިރިހެނަކު ހިމެނޭ ކަމަށް މާމެންދޫ ކައުންސިލުން މައުލޫމާތުދެއެވެ.

މީގެ ތެރެއިން ހައި ރިސްކް މީހުންގެ ހާލު ތަންކޮޅެއް ދެރަކަމަށާއި، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާއި ގުޅިގެން އެމީހުން ގއ. ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަކަމަށް މާމެންދޫ ކައުންސިލުން ހާމަކުރެއެވެ. ގއ. އަތޮޅުގެ ދެ ރަށަކުން ކޮވިޑް އެކްޓިވް ކޭސްތައް ފެނިފައިވެއެވެ. އެއީ މާމެންދޫ އާއި ގއ. ވިލިނގިލިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން