ހުރަވީ ސްކޫލްގެ ބިއްލޫރި ދޮރު ވެއްޓިފައި
ހުރަވީ ސްކޫލްގެ ބިއްލޫރި ދޮރު ވެއްޓިފައި
ރޭ އައި ކޮޅިގަނޑުގައި ހުރަވީ ސްކޫލުގެ ބިއްލޫރި ބޮޑު ދޮރެއް ވެއްޓިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، ރޭ ޖެހުނު ގަދަ ވައިގައި ހުރަވީ ސްކޫލުގެ 5ވަނަ ފަންގިފިލާގައި ހުރި 12 ބިއްލޫރިގަނޑުގެ ދޮރުސެޓެއް ވެއްޓިފައިވާ ކަމަށެވެ.

އަދި އެ ދޮރުގެ ބިއްލޫރިތައް ސްކޫލްގެ އެންމެ މަތިން ފެށިގެން ހުރިހާ ފަންގިފިލާތަކެއްގެ އެކި ހިސާބު ތަކަށަކާއި ގޯތިތެރޭގެ ބޮޑު ސަރަޙައްދަކަށް ފެތުރުނު ކަމަށް ފުލުހުން ބުނެފައިވެއެވެ.

އޭގެއިތުރުން، މިޙާދިސާގައި ބުރައިގެންދިޔަ ބިއްލޫރި ކުނޑިތައް ސާފުކޮށް، ދަރިވަރުންނަށާއި މުދައްރިސުންގެ ރައްކާތެރި ކަމަށްޓަކައި ފުލުހުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ރޭ އައި ކޮޅިގަނޑުގައި ހުރަވީ ސްކޫލުގެ ބިއްލޫރި ބޮޑު ދޮރެއް ވެއްޓިފައިވާއިރު މެޓު އޮފީހުން ބުނެފައިވަނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކޮޅިގަނޑުގެ ބާރުގަދަވާ ވަގުތު 45 މޭލަށް ވައިޖެހޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު