ކުރީ ސަރުކާރުތަކުގެ ގޯސް މިސަރުކާރުން ތަކުރާރު ނުކުރުމަށާއި، އެގޮތަށް ހުއްޖަތް ނުދެއްކުމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ރައީސް ނަޝީދު މިކަމަށް ގޮވާލައްވާފައިވާއިރު، މިދިޔަ ހަފުތާގައި ޕެންޝަން އޮފީހުގެ ބޯޑުން ވަނީ އެމްއެމްއޭއާ އެކު 2.5 ބިލިއަން ރުފިޔާގެ މާލީ މުއާމަލާތެއް ކުރިއަށް ގެންދިއުމަށް ފާސްކޮށްފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެއީ، ޕެންޝަން އޮފީހާއި ގުޅިގެން އެމްއެމްއޭއިން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކުމުގެ މުޢާމަލާތެކެވެ.
އެމައްސަލަ ފެންމަތިވެފައި ވަނިކޮށް ރައީސް ނަޝީދު މިއަދު ވިދާޅުވީ، މިދިޔަ ވެރިކަމުގައި ނުރަނގަޅު ކަމެއް ހިނގާފައި އޮތުމަކީ މި ވެރިކަމާއި ދެން އަންނަ ވެރިކަމެއްގައި ވެސް އެ ނުރަނގަޅު ކަމެއް ތަކުރާރު ކުރުމަށް އޮތް ހުއްޖަތެއް ނޫން ކަމަށެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ޕެންޝަން އޮފީހާއި ގުޅިގެން އެމްއެމްއޭއިން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކުމަކީ ފައިސާ ޗާޕްކުރުން ކަމަށް މާލީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ގެންދަވަނީ ވިދާޅުވަމުންނެވެ. ނަމަވެސް ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ މި ސަރުކާރުން ފައިސާ ޗާޕް ނުކުރާނެ ކަމަށެވެ.
އަދި މި މުއާމަލާތާ ގުޅިގެން ޕެންޝަން އޮފީހުގެ ބޯޑުގައި އަމިއްލަ ވިޔަފާރިތައް ތަމުސީލު ކުރަށްވާ މެންބަރު ސަރުވަޝް އާދަމް އިއްޔެ ވަނީ އެއީ ނުރައްކާތެރި ކަމެއްކަމަށް ވިދާޅުވެ ޕެންޝަން ބޯޑުން އިސްތިއުފާ ދެއްވާފައެވެ.

Nimi dhiya verikamuga nurangalhu kameh hingaafai othumakee, mi verikamugai ves adhi dhen anna verikamehggai ves hama e kan e gothah kuraan oiy hujjatheh noon.
— Mohamed Nasheed (@MohamedNasheed) October 23, 2025
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ޕެންޝަން އޮފީހާއި ގުޅިގެން އެމްއެމްއޭއިން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކުމަކީ ފައިސާ ޗާޕްކުރުން ކަމަށް މާލީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ގެންދަވަނީ ވިދާޅުވަމުންނެވެ. ނަމަވެސް ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ މި ސަރުކާރުން ފައިސާ ޗާޕް ނުކުރާނެ ކަމަށެވެ.
އަދި މި މުއާމަލާތާ ގުޅިގެން ޕެންޝަން އޮފީހުގެ ބޯޑުގައި އަމިއްލަ ވިޔަފާރިތައް ތަމުސީލު ކުރަށްވާ މެންބަރު ސަރުވަޝް އާދަމް އިއްޔެ ވަނީ އެއީ ނުރައްކާތެރި ކަމެއްކަމަށް ވިދާޅުވެ ޕެންޝަން ބޯޑުން އިސްތިއުފާ ދެއްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު