ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕުކުރުމަކީ ހިންޏަށް ހަކުރު އޮޅުވާލުން ކަހަލަ ކަމެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
އަލީ ހުސައިން މިހެން ވިދާޅުވެފައިވަނީ އެމްއެމްއޭ އިން ސަރުކާރުން ނެރޭ ޓްރެޜަރީ ބޮންޑް ގަތުމަށް މަގުފަހިކުރުމަށްޓަކައި، ޕެންޝަން ފަންޑަށް 2.5 ބިލިއަން ރުފިޔާ އިންޖެކްޓްކުރަން ނިންމާފައިވާ މުއާމަލާތާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި އަލީ ވިދާޅުވީ ވެރިކަމުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ހިތްވަރު ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުންނަން ޖެހޭނެ ކަމަށެވެ.
"ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕުކުރުމަކީ ހިންޏަށް ހަކުރު އޮޅުވާލަން އުޅުންކަހަލަ ކަމެއް." އަލީ ހުސައިން ވިދާޅުވިއެވެ.
ޢަލީ މިހެން ވިދާޅުވެފައިވާއިރު، މި ސަރުކާރުން ވެރިކަމަށް އަންނަން އުޅުނު އިރުވެސް، އަދި އައިފަހުންވެސް ބުނަމުން އައިސްފައިވަނީ ފައިސާ ޗާޕު ނުކުރާނެ ކަމަށެވެ. ނަމަވެސް މިހާރު އެމްއެމްއޭއާއި ޕެންޝަންފަންޑާ ގުޅިގެން ސަރުކާރުން މި ހިންގާ މުއާމަލާތައް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މިކަން ދިފާއު ކުރަމުން ސަރުކާރުން ބުނަމުންދަނީ މިއީ ފައިސާ ޗާޕުކުރުން ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު