ރަޝިޔާގެ މައި ތެޔޮ ކުންފުނިތަކާއި ދެކޮޅަށް އެމެރިކާ އާއި ވިލާތުގެ އިއްތިހާދުގެ ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު އެޅުމާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ގާތްގަނޑަކަށް 5 އިންސައްތައިން އުފުލިއްޖެއެވެ.
އެމެރިކާއިން ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ އައު ފިޔަވަޅުތައް އަޅާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަޝިޔާގެ ރައީސް ވްލެޑިމީރް ޕުޓިންއާއެކު ތާވަލުކުރެއްވި ބައްދަލުވުން ކެންސަލް ކުރެއްވުމަށް ފަހުއެވެ.
ޓްރަމްޕު ވިދާޅުވީ އެ ބައްދަލުވުން ކެންސަލްކުރެއްވީ ޕުޓިންއާ އެކު ބައްދަލުކުރެއްވުމުގެ މާނައެއް ނެތުމުން ކަމަށެވެ.
އެމެރިކާގެ ފިނޭންސް މިނިސްޓްރީން ބުނީ ޔޫކްރެއިނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ފަންޑުކުރާ ކަމަށް ތުހުމަތުކުރެވޭ ރަޝިޔާގެ މައި ތެޔޮ ކުންފުނި ކަމަށްވާ ރޮސްނެފްޓް އާއި ލުކޮއިލްއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
ދަތިކުރުމުގެ ފިޔަވަޅު އެޅުމާއެކު ބްރެންޓް ކްރޫޑްގެ ތެޔޮ ފީފާއެއްގެ އަގު 2.99 އެމެރިކާ ޑޮލަރަށް އިތުރުވެ 65.58 ޑޮލަރަށް އަރާފައިވާ އިރު ވެސްޓް ޓެކްސަސްގެ ފިފާއެއްގެ އަގު 2.93 ޑޮލަރުން މަތިވެ 61.43 ޑޮލަރަށް ވަނީ އުފުލިފައެވެ.

ކިޔުންތެރިންގެ ހިޔާލު