ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަޙްމަދު
ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަޙްމަދު
ތާއަބަދު ބާރުވެރިކަމުގައި ތިބެވިދާނެ ކަމަށް ސަރުކާރުގެ ވެރިން ދެކިގެން ނުވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަޙްމަދު ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ސަޢުދު ވިދާޅުވީ، މި ސަރުކާރުން ވަނީ ގައުމުގެ މާލީ ނިޒާމް ޚަރާބުކޮށް ރައްޔިތުން ބަނޑަށް ޖައްސާލާފައި ކަމަށެވެ. އަދި ތާއަބަދަށް ބާރުވެރިކަމުގައި ތިބެވިދާނެ ކަމަށް މި ސަރުކާރުގެ ވެރިން ދެކިގެން ނުވާނެ ކަމަށްވެސް ސަޢުދު ވިދާޅުވިއެވެ.

ހަމައެއާއެކު ސަޢުދު ވިދާޅުވީ، އިޤްތިޞާދީ ބަލިމަޑުކަމެއްގެ ތެރެއަށް ޤައުމު ގެންބުވުމަށްފަހު ރެކޯޑް އަދަދަށް ޕުރެޖެކްޓް ފަށާވާހަކަ ދެއްކިޔަސް އެކަން ގަބޫލް ކުރާނެ ބަޔަކު މިގައުމުގައި ނެތް ކަމަށެވެ.

"މި ގަމާރު ސަރުކާރުގެ ވެރީން ހީކޮށްގެން ނުވާނެ ތާއަބަދު ބާރުވެރިކަމުގެ ތިބެވިދާނެ ކަމަށް." ސަޢުދު ވިދާޅުވެފައިވެއެވެ.

ސަޢުދު މިހެން ވިދާޅުވެފައިވާއިރު، ދައުލަތުގެ ބައެއް މަޝްރޫޢުތައް ވާދަވެރި ބީލަމަކަށް ހުޅުވައިނުލައި، ސަރުކާރުން ބޭނުންވާ ފަރާތަކަށް ސީދާ ދެވޭ ގޮތަށް، ދައުލަތުގެ މާލިއްޔަތު ގަވައިދަށް ދާދިފަހުން ވަނީ އިސްލާހު ގެނެސްފައެވެ.

މިގޮތަށް ޤަވާއިދު އިސްލާޙު ކޮށްފައިވާއިރު، މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، މި ހިނގައިދިޔަ މުއްދަތުގައި ސަރުކާރުގެ ގިނަ މަޝްރޫއުތައް ހަވާލުކުރަމުން އައިސްފައިވަނީ ވާދަވެރި މާހައުލެއް ނެތި ސަރުކާރު ޙިއްސާވާ ކުންފުނިތަކަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް