ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތުގެ މަސައްކަތް ފެށްޓެވީވެސް ވެރިކަމަށް ވަޑައިގެންނެވުމުގެ ދަހިވެތިކަމަކު ނޫންކަމަށާއި، ނަމަވެސް މަސައްކަތް ނިންމާލީ ވެރިކަން ހޯދައިގެން ކަމަށްވާއިރު ވެރިކަން ބޭނުން ނުވާކަމަށް ވިދާޅުވެ ރައީސް ނަޝީދު ދައްކަވާ ވާހަތަކަކީ އެއްވެސް ތާކުންތާކުޖެހޭ ވާހަތަކެއް ނޫންކަމަށް އެމްޑީޕީގެ ކުރީގެ ނާއިބްރައީސް އަލްހާން ފަހުމީ ވިދާޅު ވެއްޖެއެވެ.

ރައީސް މައުމޫންގެ ވެރިކަމާއި ދެކޮޅަށް އެވެރިކަން ނިންމުމަށް ރައީސް ނަޝީދު ކުރެއްވި މަސައްކަތްތަކުގެ ތެރޭގައިވެސް ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެއްވެސް ހާލެއްގައި އެމަސައްކަތަކީ ވެރިކަމަށް އައުމަށް ކުރާ މަސައްކަތެއް ނޫންކަމަށެވެ. ރައީސް ނަޝީދުގެ އެމަސައްކަތަކީ ރައީސް މައުމޫންގެ ވެރިކަމުގައި އެމަނިކުފާނަށާއި އެތައް ބަޔަކަށް ލިބިފައިވާ އަނިޔާ ތަކާއި ދެކޮޅަށް އެކަން ހުއްޓުވުމަށް ފެށްޓެވި މަސައްކަތެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ މިވާތަކުގެ ވީޑިޔޯއާއިއެކީ އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދު އޭރުވެސް ވެރިކަމަށް އައީ ވެރިކަން ކުރުމަށް ބޭނުންވެ އެކަމަށް ކުރި މަސައްކަތަކުން ނޫންކަމަށެވެ. އަދި މިހާރުވެސް ވެރިކަން ބޭނުންނުވާކަމަށް އެވިދާޅުވާ ވިދާޅުވުމަކީ ހަމަ މިފަދަ ވިދާޅުވެއްކަމަށެވެ. ރައީސް ނަޝީދަކީ ދައްކަވާ ވާހަތަކާއި އަމަލާއި އެއްވެސް އިރެއްގައި ދިމާވާ ބޭފުޅެއް ނޫންކަމަށް އަލްހާން ވިދާޅުވިއެވެ.

"އަޅުގަނޑު މިމަސައްކަތުގައި ނިކުތީ ވެރިކަމުގެ ދަހިވެތި ކަމަކު ނޫނޭ. އަޅުގަނޑު ހަމަ މިމަސައްކަތަށް ނިކުތީ އަޅުގަނޑަށް ލިބުނު އަނިޔާއަކާއި އަޅުގަނޑު ދަންނަ އެތައްބަޔަކަށް ވެދިޔަ އަނިޔާއެއްގެ ސަބަބުން މިކަން ބަދަލު ކުރުމަށް، މިކަން ބަދަލު ކުރުމަށް." އަލްހާން ކުރި ޓްވީޓްގައިވާ ރައީސް ނަޝީދުގެ ވީޑިއޯގައި ވިދާޅުވެފައި ވެއެވެ.

"ރައްޔިތުންނަށް ހެޔޮ ގޮތުގައި ވެރިކަން ކޮށްދިނުން." އެމްޑީޕީން ނެރޭ "ހަބަރު ސިޓީ" ގައި ރައީސް ނަޝީދު ވިދާޅުވީ "އަޅުގަނޑު ދެނަކު ރާއްޖޭގެ ރައީސްކަން ކުރުމަކަށް ނޭދެމެވެ. އަޅުގަނޑު އެދެނީ އެމްޑީޕީން ހެޔޮ ގޮތުގައި ރާއްޖޭގެ ރައްޔިތުންނަށް ވެރިން ކޮށްދިނުމެވެ. އަޅުގަނޑު ދެކޭ ގޮތުގައި މި ޕާޓީން އަޅުގަނޑަށް ދީފައިވާ އެންމެ ބޮޑު މަގާމަކީ އަޅުގަނޑަށް ފެންނަ ގޮތަކަށް ވާހަކަ ދެއްކުމުގެ ފުރުސަތެވެ. ރައީސްގެ ވަޒީރަކާ ގުޅޭ ގޮތުން އަޅުގަނޑު ނުރުހުން ފާޅު ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. ރައީސަށް ވެސް އެކަން އެނގިވަޑައިގަންނަވާނެ އެވެ." އެ މަޒުމޫނުގައި ރައީސް ނަޝީދު ލިއުއްވާފައި ވެއެވެ.

އަދި ރައީސް ނަޝީދު ވިދާޅުވީ ބޮޑު ވަޒީރަކަށް ވެވަޑައިގަންނަވަން އެދިވަދައިގަންނަވާނަމަ އެވާހަކަ ދަންނަވާނެކަމަށެވެ. މިހާރުވެސް ކުރަން ހުރި ކަންކަން މަދު ނޫންކަމަށާއި، ދިމާވެފައިވާ މައްސަލަތައް ވެސް ގިނަކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު ބޮޑު ވަޒީރަކަށް ވާން އެދޭ ނަމަ އެވާހަކަ އަޅުގަނޑު ދަންނަވާނަމެވެ. މިހާރުވެސް ކުރާން ހުރި ކަންކަން މަދީއެއް ނޫނެވެ. މީހާއާ ދިމާވެފައިވާ މައްސަލަތައް ވެސް ގިނަ އެވެ. މިއަދު މިބުނާ ވާހަކައަކީ އެމްޑީޕީއަށް ކާމިޔާބު ވާނީ އަޅުގަނޑުގެ އަމާޒު ނުގެއްލުމުންނެވެ." ކުރު އެކަމަކު ވަރަށް މާނަފުން އިބާރާތަކެއް ގެނެސް ދެއްވަފައިވާ މަޒުމޫނުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން