ރާއްޖެއިން ކޯވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 10،000 އިން މައްޗަށް އަރައިފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ގޮތުގައި ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:00 އިން ފެށިގެން ހުކުރު ދުވަހުގެ އިރުއޮއްސި 18:00 އާއި ހަމައަށް 75 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 66 މީހަކާއި، އަތޮޅުތެރެއިން ޕޮޒިޓިވްވި 9 މީހެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 53 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ 22 ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 10،014 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިވްވެފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައިވަނީ 76 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 8672 އަށް އަރާފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 27 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް ރާއްޖެއިން 34 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ. ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދަކީ 1،300 އެވެ.

ކޯވިޑް19 ރާއްޖެއިން ފެނުނުތާ މިއަދަށް 202 ދުވަސް ވެފައިވާއިރު، މުޖުތަމަޢުގެ ތެރޭގައި ކޯވިޑް-19 ޖެހި، އެ ބަލިން ރަނގަޅުވެފައިވާނީ ކިހާ އަދަދެއްގެ މީހުންތޯ ދެނެގަތުމަށްޓަކާ އަންނަ މަހުގެ ތެރޭގައި އެންޓިބޮޑީ ޓެސްޓު ހެދުމަށް ތައްޔާރުވަމުންދާކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗް.އީ.އޯ.ސީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން